އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރި ސީޕްލޭން

ޑިމާންޑު ނެތުމުން ސީޕްލޭން އެއާ އެމްބިއުލާންސް ކޮމާޝަލް ދަތުރުތަކަށް

ތަފާސްހިސާބަށް ބަލާއިރު އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިތާ 5 މަސް ވީއިރު، ޑޭޝް 8 މަތިންދާބޯޓެއް އެކަމަށް ހާއްސަ ކޮށްފައި އޮތުމުން އެއްވެސް ދައްޗެއްނެތި އެ ހިދުމަތް ފޯރުކޮށްދެވޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށި ސީޕްލޭން ކޮމާޝަލް ދަތުރުތަކުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށި ސީޕްލޭނަށް ޑިމާންޑު ނެތުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެއާ އެމްބިއުލާންސްގެ ގޮތުގައި މޯލްޑިވިއަންގެ ޑޭޝް-8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ބޭނުން ކުރަން ފެށީ މިދިޔަ މާޗު މަހު އެވެ. ސީޕްލޭނެއް އެއާ އެމްބިއުލާންސްގެ ގޮތުގައި ހާއްސަ ކުރީ އެއާޕޯޓު ނެތް ރަށްރަށުން ބަލި މީހުން އުފުލަން ފަސޭހައަކަށެވެ.

ތަފްސީލް - ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ބުދަ ދުވަހު ވިދާޅުވީ، ސީޕްލޭނެއް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުން ކުރަން ފެށި ނަމަވެސް އެއީ ދުވާލު އެކަނި ދުއްވޭ  އެއްޗަކަށްވުމުން ލިމިޓޭޝަންތަކެއް ހުރި ކަމަށެވެ.

"އަދި އޭގެ ސްޕީޑާ ބައެއް ހާލަތްތަކުގައި ޕްރެޝަރައިޒްކޮށް ދުއްވަން ޖެހޭތިއްޔާ އެކު، ބައިވަރު ލިމިޓޭޝަންތަކެއް ހުރުމުން އެންމެ ރަނގަޅު ގޮތަކ ޑޭޝް-8 އެއްގައި ހުރިހާ އިމަޖެންސީ އިކުއިޕްމެންޓު އަޅުވައިގެން އެއާ އެމްބިއުލާންސެއްގެ ގޮތުގައި އަދި ހާއްސަ މެޑިކަލް ޓީމަކާ އެކު ތައްޔާރު ކޮށްގެން 24 ގަޑިއިރު މަސައްކަތް ކުރުމަށް [ރައީސް] ނިންމެވީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ތަފާސްހިސާބަށް ބަލާއިރު އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިތާ 5 މަސް ވީއިރު، ޑޭޝް 8 މަތިންދާބޯޓެއް އެކަމަށް ހާއްސަ ކޮށްފައި އޮތުމުން އެއްވެސް ދައްޗެއް ނެތި އެ ހިދުމަތް ފޯރުކޮށްދެވޭ ކަމަށެވެ. 

"ޑޭޓާ އިން އެބަ ފެނޭ ވޭތުވެ ދިޔަ 5 މަސް ދުވަހު ބައެއް މަސްތަކުގައި އެބަހުރި އެންމެ ރިކުއެސްޓެއް ވެސް ޕަބްލިކުން ނާދޭ ސީޕްލޭނަކަށް. ރިކުއެސްޓެއް ނެތް. އެހެންވީމާ އަޅުގަނޑާ، ހެލްތު މިނިސްޓަރާ ވެގެން ރައީސަށް ދެންނެވީ މި ރިސޯސަސް ޑުބްލިކޭޓް ވާތީ މި 5 މަހުގެ ރިކުއަމެންޓަށް ބަލާފައި އިތުރު ޓުއިން އޮޓާ ބޯޓެއް މިގޮތަށް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭއްވުމުގެ ބޭނުމެއް އަދި މިވަގުތު ނެތޭ،" އަމީން ވިދާޅުވި އެވެ.

"މި ހުރިހާ ޑޭޓާއަކާ އެކީ އަޅުގަނޑުމެން ރައީސަށް އެރުވީމާ ރައީސް ނިންމެވީ ޕަބްލިކަށް އެކަހަލަ ރިކުއަމެންޓެއް ނެތިއްޔާ އެ ބޯޓު އަނެއްކާ ވެސް ކުރިން އޮތްގޮތަށް ކޮމާޝަލް އޮޕަރޭޝަނަށް ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް."

އަމީން ވިދާޅުވީ އެ ބޯޓު ކޮމާޝަލް ހިދުމަތުގައި ބޭނުން ކުރަން ފެށި ނަމަވެސް ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ވެސް ބޭނުން ކުރާނެ ކަމަށެވެ. އަދި އެންމެ އިސްކަން ދޭނީ އެ ބޭނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (7)

profile-image-placeholder

ސަހާދު

25 އޯގަސްޓު 2024
އެހެންވެގެން ނޫން، އިންޑިއާ އިންލޯނު ލިބެން އައީ އިންޑިއާ ހެލްކޮޕްޓަރ އުދުހެން ދިނީމަ، އެންމެ ފަހުން މޯދީގެ ޕްރެޝަރާއި ހެދީ މިޖެހުނީ އިންޑިއާ ފައިބުޑަށް ވެއްޓެން، ރައީސް ކިތަންމެ ވަރެއްވިޔަސް އިންޑިއާ ސިފައި ހަމަ މި ހެލިކޮޕްޓަރ ދުއްވަނީ، ހެޔޮބުއްދި ސަލާމަތުން ހުރިމީހަކު ޤަބޫލުކުރާނެބާ އިންޑިއާ މިލިޓަރީ އުޅަނދެއް ކުއްލިއަކަށް ޢާއްމުންގެ އަތަށް ދީފާނެ ކަމަށް؟ މިޤައުމުގަ މިތިބީ އިންޑިއާގަ ތިބި ކަހަލަ ނުކިޔަވާ ގަމާރުންނެއްނޫން، ފަހަރެއްގަ މިހާރު ވެރިކަމުގަ އެކަހަލަ މީހުން ތިބީތޯއްޗެ!!،

ޱިމާންޱޭ

24 އޯގަސްޓު 2024
އޭބަލަ އެންބިއުލާންސްގެ ޱިމާންޱް އޮތްވަރު ނުބަލާ ތިޔަބޭކާރު ޙަރަދު ކުރީކީއްކުރަން؟ ހުރިހާކަމެއް އެރަށުމީހުން ކުރާގޮތައް. ކާބަފައިންގެ ޒިކުރާ އާކުރަނީތޯ.

އަގީލް

24 އޯގަސްޓު 2024
ޑިމާންޑް އޮތް ނެތްވަރު ބަލާފަ ނޫންތަ ކުރީ؟ ސަރުކާރުގެ ސިޔާސަތު ތަންދޮރު ނުދަންނަ ބަޔަކު ހިންގީމަ ވާ ގޮތް. ކަމެއް ނިންމަން ވާނީ ވާނުވާވެސް ބަލާފަ. ނޫންތަ އަޅެ؟
ެއިރޭ Avatar

ެއިރޭ

24 އޯގަސްޓު 2024
ތިކަން ފެށުމުގެ ކުރިން އިނގިފަ ހުންނަން ޖެހޭކަންކަމެއް ނޫންތަ ތީ.. ބޭކަރު ހަރަދުކުރާކަށް ނުޖެހޭނެ ކަންކަން ބަލާފަ ކުރާނމަ

ޖޭމުގޭ އަހައްމާދީ

24 އޯގަސްޓު 2024
ހެހެ ހިނިވެސް އާދޭ، ޑިމާންޑް ނެތޭ ކިޔާފަ އައިޖީއެމްއެޗްގެ އެމްބިއުލެންސް ވޭންތައް ކުއްޔަށް ދޭންވީ ނޫންތޯ. ބަލަ ބަލިމީހުން އުފުލަން އޮންނަ އުޅަނދުތަކަކީ ޑިމާންޑަކަށް ބަލާފަ ބާއްވަންޖެހޭ އެއްޗެއް ނޫނޭ. އެއީ އަބަދު ސްޓޭންޑްބައިގަ ހުންނަން ޖެހޭ އެއްޗެއް. މާލޭގަ އަލިފާނުގެ ހާދިސާއެއް ނުހިނގަންޏާ ފަޔަރ ލޮރީތައްވެސް ބާއްވާނެ ބޭނުމެއް ނެތެއް ނޫނެއްނު ކަލޭމެންގެ ލޮޖިކުން ބަލަންޏާ.

ކިލަމަންޑާ

23 އޯގަސްޓު 2024
ކުރީ ސަރުކާރުން އިންޑިޔާގެ ޔުނީފޯމްލީ ސިފައިންނާއެކު ޑޭޝް 8 ގަ ބޯޓެއްގަ ތިކަން ކުރަމުން އަންނަނިކޮށް ސިފައިންގެ ޔުނިފޯމް ބާލުވާފަ ނޭގެ މިހެދިއެއް. މިމީހުން މީހަމަ އެލްބޯޑުގަ ހުރިހާ ކަމެއް ކުރަމުން އަންނަ ބައެއް

ނަހްޔާން

23 އޯގަސްޓު 2024
މިކަމިޖއ އެނގެނީ ޕޮލިސީ ހަދާއިރު އެއްވެސް ވިސްނުމެއް ގެންގުޅެފައި ނުވާކަން. އަދި ސިޔާސަތު ކަނޑައަޅަނީ ލާރނިންގ އެޒް ޔޫ ގޯ ސިޔާސަތެއްގެ ތެރެއިންކަން. މީގެ ސަބަބުން ޚަރަދު ބޮޑުވެ، ބޭކާރު ޚަރަދު ކުރެވޭނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް