ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތުކުރޭ މައްސަލައިގައި ހައްޔަރު ކުރި އަރަފާތު ހުސައިން (މ) އަދި އޭނާގެ ބަދިގެ ހަދާފައި ހުންނަ ގ. ރަނައުރާގެއާގޭގެ ބައެއް މަންޒަރުތައް
ބުޅާ މަހުން ހެދި އެއްޗެހި ވިއްކި ފިހާރަތަކުގެ ގޮތުގައި ދައުރުކުރަނީ ފޭކު ލިސްޓެއް: އިމިގްރޭޝަން
މާލޭގެ އެކި ތަންތަނުގައި އުޅޭ ބުޅާ ހިފައިގެން ގެއަށް ގެންގޮސް، އޭގެ މަސް ބޭނުންކޮށްގެން ކާއެއްޗެހި ހަދައިގެން ވިއްކާ ކަމަށް ތުހުމަތުކުރާ މީހާ އެ ތަކެތި ވިއްކި ފިހާރަތަކުގެ ލިސްޓެއް ކަމަށް ބުނެ މިއަދު ދައުރުކުރަމުންދާ ލިސްޓަކީ އިމިގްރޭޝަނުން ނެރެފައިވާ ލިސްޓެއް ނޫން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަންގެ ފޭސްބުކް ޕޭޖުގެ ސްކްރީންޝޮޓެއްގެ ގޮތުގައި ދައުރުކުރަމުންދާ ލިސްޓުގައި ގިނަ އަދަދެއްދެ ކަންމަތީ ފިހާރަތައް ހިމަނާފައި އެބަހުއްޓެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ އެއީ އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތެއް ނޫން ކަމަށާއި އެފަދަ އެއްވެސް ލިސްޓެއް އެ އިދާރާއިން ނެރެފައި ނުވާނެ ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫން. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރެއްވުން އެދެން. pic.twitter.com/tM8gxEU8Dx
— Maldives Immigration (@ImmigrationMV) August 21, 2024
އެނގުން މުހިންމު - ބުޅާ މަހުން ކާތަކެތި ހަދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްއަށް ނިސްބަތްވާ ހުސެއިން އަރަފާތު، 32 އިއްޔެ ވަނީ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭނާ ކާތަކެތި ތައްޔާރުކުރަން ބޭނުންކުރި ތަނަކީ ވަރަށް މުޑުދާރުކޮށް ހުރި ތަނެކެވެ. މާލޭ އެކި ސަރަހައްދުތަކުން ހިފައިގެން ގެންދާ ބުޅާތައް ވެސް ގެންގުޅެނީ އެ ތަނުގެ ތެރޭގަ އެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ އަރަފާތު ހައްޔަރުކުރީ އިމިގްރޭޝަންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އެހީގައި ފުލުހުންގެ އެހީތެރިކަމާ އެކު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ހައްޔަރުކުރުމަށް ފަހު އިމިގްރޭޝަނުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި:
-
އޭނާ ހައްޔަރުކޮށްފައި ވަނީ ބޯކޮށާ ސެލޫނެއްގެ ތެރޭގައި ހުއްޓާ
-
އޭރު އޭނާ ހުރީ ތޮއްޕެއް އަޅައި ނޫކުލައިގެ ޓީޝާޓެއް ލައިގެން
އިމިގްރޭޝަނުން ބުނެފައި ވަނީ އަރަފާތު ރާއްޖޭގައި އުޅެނީ ވެސް ގަވައިދާ ހިލާފަށް ކަމަށެވެ. އޭނާ އަކީ ދިރިއުޅޭ ގޭގައި ބާގާ އާއި ސަބްމެރިން ފަދަ ކާތަކެތި ހަދައި ފިހާރަތަކަށް ވިއްކައިގެން އާމްދަނީ ހޯދާ މީހެއް ކަމަށް ސޯޝަލް މީޑިއާގައި މީހުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް (3)
ޢާތު
ހުވަދޫ އަހައްމަދޭ
ކޭކު