15 ޖޫން 2023 - ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ 'އަމާން ވެށި' ހައުސިން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ދައްކާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގުޅިފަޅު ޕޯޓް އަޅަން ނެގި 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމަށް ހަރަދުކުރަނީ
ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓް އަޅަން އިންޑިއާ އިން ނެގި ކްރެޑިޓް ލައިނުގެ 300 މިލިއަން ޑޮލަރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ހާއްސަކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ފިނޭންސް މިނިސްޓަރު ޝަފީގު ހާޒިރުކޮށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މިދިޔަ ސަރުކާރުގައި ގުޅިފަޅުގައި މައި ވިޔަފާރި ބަނދަރު ހަދަން އިންޑިއާއިން ދީފައިވާ ލައިން އޮފް ކްރިޑިޓް ނުވަތަ ލޯން މިހާރު އެކަމަށް ހަރަދުނުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަފީގު ވިދާޅުވީ ތި ވިދާޅުވީ ރަނގަޅަށް ކަމަށެވެ. އަދި ވިދާޅުވީ:
-
އިންޑިއާ އިން ދިން ކްރެޑިޓް ލައިން ނުވަތަ ލޯނަކީ ރަނގަޅު ޝަރުތުތަކަކާ އެކު ލިބިފައިވާ ލޯނެއް ކަމަށް
"އެއީ ވަރަށް ފެވަރަބަލް ޓާމް އެއްގައި ލިބިފައިވާ ފެސިލިޓީ އެއް. އެގޮތަށް ހައުސިން އަށް އަމާޒުކޮށްގެން ނުވަތަ މިކަހަލަ ޕްރޮޖެކްޓުތަކަށް އަމާޒުކޮށްގެން އެ ނެގޭ ފެސިލިޓީތަކަކީ ފެބަރަބަލް ޓާމްއެއްގައި ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަކަށް ހުރި ފެސިލިޓީތަކަށް [ވާންޖެހޭ]،" ޝަފީގު ވިދާޅުވި އެވެ.
ތަފްސީލް - ނާޒިމް ވަނީ އިންޑިއާގެ އެ ލޯން ފެސިލިޓީން މިހާރު ބާކީ ހުރި އަދަދުން ކިހާ ވަރެއްގެ ފައިސާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުން ކުރެވެން ހުރިތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލާ ގުޅިގެން ޝަފީގު ވިދާޅުވީ:
-
އިންޑިއާއިން ދީފައިވާ ލައިން އޮފް ކްރެޑިޓުން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވޭނެ
-
ވިދާޅުވީ މި އަހަރު ތެރޭ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް އެ ލޯނުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް
"ގުޅުން ހުރި މިނިސްޓްރީ ތަކުން ވެސް އެ މަސައްކަތް ކުރައްވަނީ އެގޮތަށް. ލިބިފައި ހުރި ފައިނޭންސިން ފެސިލިޓީތައް ވެސް ވަރަށް ބޮޑަށް ހައުސިން އަށް ޓާގެޓް ކޮށްގެން ކުރިއަށް ގެންދަން ވިސްނާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ، ބޯހިޔާވަހި ކަމަކީ ރައީސް މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެ މަޝްރޫއުތައް ފަށައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
ދައުލަތުގެ ދަރަނި ސީދާ އިތުރުނުވާނެހެން ރާއްޖެ އަށް އިންވެސްޓުމެންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ގުޅިފަޅުގައި ކުރިއަށް ގެންދަން މިދިޔަ ސަރުކާރުން ނިންމި އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ބަދަލުގައި މި ސަރުކާރުން ނިންމާފައިވަނީ ތިލަފުށީގައި ޕޯޓު ތަރައްގީ ކުރުމަށެވެ.
ކޮމެންޓް (2)
ބެއްޔާގެ ދަރި
ހިތަދޫ ހުސެން