މާލެ ސަރަހައްދުގެ ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭއިރު މާލެ ކައިރިން ދޯންޏެއް ދަތުރުކޮށްފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ވިއްސާރަ ގަދަކޮށްލައި ބޮޑުބަޔަަކަށް ޔެލޯ އެލާޓް ނެރެފި

އައްޑު އާއި ފުވައްމުލަކު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް އޮތީ ޔެލޯ އެލާޓް ނެރެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިއަދު ގަދަކޮށްލައި ދެކުނުގެ ދެ އަތޮޅު ފިޔަވައި، އެހެން ހުރިހާ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ވީ ކިހިނެއް؟- ހުޅަނގުގެ މި ގަދައިގެ ވާހަކަ، މިދިޔަ ހަފުތާގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އޮތީ އަންގާފަ އެވެ. އޭރު މެޓު އޮފީހުން ބުނީ، އާދިއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.

އެކަމަކު އިއްޔެ ބަނަކޮށްލާފައި އޮތުމަށް ފަހު، ވިއްސާރަ ކުރަން ފެށީ މިއަދެވެ. އެގޮތުން ބައެއް ހިސާބުތަަކަށް ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މިހާރު އެންމެ ދެކުނުގެ ދެ އަތޮޅު ފިޔަވައި ހުރިހާ ހިސާބަަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓުން ބުނިގޮތުގައި:

  • ފަތިހު 5:30 އިން ފެށިގެން މިއަދު 9 ޖަހަންދެން އޮންނާނީ ޔެލޯ އެލާޓްގައި

  • މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ

  • އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ

  • އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ

  • މި ސަރަހައްދުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 5-7 ފޫޓާ ދެމެދުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް