އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަރުހަބާ ވިދާޅުވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް ޖައިޝަންކަރު ކުރައްވާ މި ދަތުރުގައި ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފި އެވެ.

އެނގުން މުހިންމު - މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިންޑިއާގެ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ތަފްސީލް - މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ޒަމީރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަރުހަބާ ވިދާޅުވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

މި ދަތުރުގައި:

  • ޖައިޝަންކަރު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ

  • ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޒަމީރާ މަޝްވަރާކުރައްވާނެ

  • ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ

  • މީހުން ތަމްރީންކުރުމާއި ވިޔަފާރިއާ ގުޅޭ ދާއިރާތަކުން އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެ

މިއީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިވަމުންދާކަން ރަމްޒުކޮށްދޭނެ ދަތުރަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް