ވާރޭވެހޭ ދުވަހެއްގައި ދެ މީހަކު ސައިކަލުގައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ހުޅަނގުގެ ވިއްސާރަ އަނެއްކާވެސް ލައްވާލައިފި

މެޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހު މޫސުން އަލިކޮށްލާނެ ކަމަށް؛ އެކަމަކު އެއަށް ފަހު އަނެއްކާވެސް ވިއްސާރަ ކުރާނެ ކަމަށް އެ ތަނުން ބުނި

ހުޅަނގު މޫސުމުގެ ވިއްސާރަ އަނެއްކާވެސް ރާއްޖެއަށް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ހަފުތާ ފެށުނީއްސުރެ މޫސުން އުޅެނީ ގޯސްކޮށެވެ. އެކަމަކު އިއްޔެއާ މިއަދު ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ދަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނި ގޮތުގައި، މިއީ މޫސުމީ ވިއްސާރަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބުންޏެވެ.

ތަފްސީލް - މެޓުން ބުނީ:

  • އުތުރުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރާނެ

  • ދެކުނާއި މެދުރާއްޖެ ތެރެއަށް ވައި ޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދަށް؛ ވިލާގަނޑުގައި 40 މޭލަށް ގަދަވާނެ

  • މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން އއ. ތޮއްޑުއަށް

މެޓުން ބުނި ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހު އަލިކޮށްލާނެ އެވެ. އެކަމަކު އެެއަށް ފަހު އަނެއްކާވެސް ވިއްސާރަ ކުރާނެ ކަމަށް އެ ތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް