ކަސްޓަމްސް އިމާރާތް: އަމިއްލަ ބޭނުމަށް އެތެރެކުރާ ދުންފަތް އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުން ވަނީ ފަސްކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ދުންފަތް އެކުލެވޭ ބާވަތްތަކުން ޑިޔުޓީ އިނާޔަތް ދިނުން ހުއްޓާލުން ފަސްކޮށްފި
ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލާ ސުންގަޑި ފަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މީގެ ކުރިން އޮތީ، ދުންފަތް އެކުލެވޭ ބާވަތްތަކާއި ނިކޮޓިން އެކުލެވޭ ތަކެތި ބުއިމަށް ބޭނުންކުރާ ޑިވައިސްތަކުން ޑިޔުޓީ އިނާޔަތް ދިނުން މިއަދުން ފެށިގެން ހުއްޓާލާނެކަން އިއުލާންކޮށްފަ އެވެ.
ތަފްސީލް - ނަމަވެސް މިހާރު ކަސްޓަމްސް އިން ނިންމާފައިވަނީ އަންނަ 1 ނޮވެމްބަރުން ފެށިގެން އެ ބަދަލު ގެނައުމަށެވެ.
ކަސްޓަމްސް އިން ރޭ ބުނިގޮތުގައި 'ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިޔުޓީ މައާފު ކުރުމުގެ އުސޫލު' އަށް ގެނައި ބަދަލުގެ ދަށުން، ބައެއް ބާވަތްތަކުން ޑިޔުޓީ އިނާޔަތް ދިނުން ވަނީ ދިގުދަންމާލައިފަ އެވެ.
އޭގެ ތެރޭ ހިމެނެނީ:
-
ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް
-
އ-ީސިނގިރެޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރެޓް ނުވަތަ އ-ީލިކުއިޑް ފަދަ ތަކެތި
އެ އުސޫލުގެ ދަށުން ގެނައި އެހެން ބަދަލުތަކަށް މިއަދު ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެގޮތުން، ދަތުރުވެރިން ރާއްޖެ އަަންނައިރު ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފްވާ މިންވަރު 10،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ.
ކޮމެންޓް (3)
ސަމީރާ
ބަރުޖޯރު
ޙަސަނާ