މިނިވަން ދުވަހުގެ މުނާސަބަތުގައި މިީގެ ކުރިން މާލޭގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިނިވަން ދުވަހުގެ ހިނގާލުން ހުކުރުގައި؛ މާލޭގައި ހަވީރު ދުއްވުން މަނާ

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކެޑޭޓު ކޯ އާއި އެމްއެންޑީއެފް އިން ކުރިއަށް ގެންދަން އުޅުނު ހިނގާލުން މި ހަފްތާއަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހު ބާއްވަން ހަމަޖެއްސި ޕެރޭޑު މޫސުން ގޯސްވުމާ ގުޅިގެން ނުބޭއްވުމަށް ފަހު، އެ ހިނގާލުން މި ހަފްތާގެ ހުކުރު ދުވަހު އޮންނާނެތީ އެ ދުވަހުގެ ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގަައި ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ކެޑޭޓު ކޯ އާއި އެމްއެންޑީއެފް އިން މާލޭގެ ބޮޑެތި މަގުތަކުގައި މި ހުކުރު ދުވަހު ހިނގާލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ދަތިވާނެތީ ހުކުރު ދުވަހުގެ ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެނގުން މުހިއްމު - ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކެޑޭޓު ކޯ އާއި އެމްއެންޑީއެފް އިން ކުރިއަށް ގެންދަން އުޅުނު ހިނގާލުން މި ހަފްތާއަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މިނިވަން ދުވަހާ ގުޅުވައިގެން މާލޭގެ މަގުތައް މަތީ ހިނގާލުމެއް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ކޮންމެ އަހަރަކު ވެސް މިނިވަން ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ދަނޑު ހަރަކާތްތަކާއި ފުޅަނދު ބުރުގެ ހަރަކާތްތައް މިއަހަރު ކުރިއަކަށް ނުގެންދެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި، ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފައި ވަނީ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ނުވަތަ ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް