މިދިޔަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މޫސުން ގޯސް: ހިނގާލުން ނުބާއްވައި އުޅަނދު ދުއްވޭ ގޮތް ހަދައިފި

އިގްތިސޯދީ ހާލަތުގެ ގޮތުން މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައި؛ ޕެރޭޑް ކެންސަލް ވުމާ އެކު މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދާނީ ހަމައެކަނި ރައީސް ބައިވެރިވެޑައިގަންނަވާ ރަސްމީ ޖަލްސާ

މިނިވަން ދުވަހާ ގުޅިގެން މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ނުބާއްވައި އެ ވަގުތު މާލޭގައި އެއްޗެހި ދުއްވުން މަނާކޮށް ނެރެފައިވާ ނޯޓިސް ވެސް އުވާލައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ނުބާއްވަނީ ވިއްސާރަ ވުމުގެ ސަބަބުންނެވެ. އެއާ އެކު، މާލޭ ސިޓީ ކައުންސިލުން ވަނީ މިއަދު ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ފައިމަގުގައި އުޅެން އަންގައި ނެރެފައިވާ ނޯޓިސް އުވާލާފަ އެވެ.

ފާހަގަކޮށްލެވޭ - ކޮންމެ އަހަރަކު ވެސް މިނިވަން ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ހަރަކާތްތަކާއި ފުޅަނދު ބުރުގެ ހަރަކާތްތައް ވެސް މިއަހަރު ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ. 

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި، ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފައި ވަނީ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ނުވަތަ ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.

މޫސުން ގޯސްވެ ހިނގާލުން ވެސް ނުބާއްވަން ނިންމުމުން، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދާނީ ހަމައެކަނި މިރޭ ބާއްވާ، ރައީސް ބައިވެރިވެޑައިގަންނަވާ ރަސްމީ ޖަލްސާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް