ރައީސް މުހައްމަދު މުއިއްޒު ގައުމާ މުހާތަބުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

މިނިވަންކަމުގެ ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރަން: ރައީސް

މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ވަނީ ޕޯސްޓެއް ކުރައްވާފައި

މިއަދު ފާހަގަކުރަމުން އަންނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، މިނިވަންކަމުގެ ނިއުމަށް އަބަދުމެ ދެމެހެއްޓެވުން އެދި ރައީސް މުހައްމަދު މުއިއްޒު ދުއާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި އެމަނިކުފާނު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރަމުން، ދިވެހިންގެ ފަހުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިއްމު - މިއަދު ރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަން ދުވަހެވެ. މި މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ ރަސްމީ ޖަލްސާއެއް މިރޭ އޮންނާނެ އެވެ. މީގެ އިތުރުން:

  • މިއަދު މާލޭގެ މަގުމަތީ ހިނގާލުމެއް ބާއްވަން އުޅުނު

  • ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުން ދަތިވާނެތީ ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި

  • ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން، އެ ހިނގާލުން ނުބާއްވަން ނިންމައި އުޅަނދު ދުއްވޭ ގޮތް ވަނީ ހަދާފައި

ފާހަގަކޮށްލެވޭ - ކޮންމެ އަހަރަކު ވެސް މިނިވަން ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ދަނޑު ހަރަކާތްތަކާއި ފުޅަނދު ބުރުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ. 

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި، ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފައި ވަނީ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ނުވަތަ ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް