ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ހަދަން އެޗުޑީސީގެ މުވައްޒަފުން ކުރެހުން އަޅަނީ (ފޮޓޯ/އެޗްޑީސީ)

ހުޅުމާލެ

ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރަނީ

އެ ސަރަހައްދު ބަންދުކޮށް މިހާރު އަންނަނީ މަސައްކަތްކުރަމުން. އަންނަ ހޮނިހިރުދުވަހު އާންމު ޓްރެފިކަށް ހުޅުވާލާނެ

ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން އޮންނަ 'ބަގީޗާ ހިނގުން' އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުުމުގެ މަސައްކަތް ފަށައި، އަންނަ ހޮނިހިރު ދުވަހު އެ މަގު ހުޅުވާލާނެ ކަމަށް، އެޗުޑީސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީއިން ބުނިގޮތުގައި އެއްކޮޅަށް ދުއްވޭ ގޮތަށް މަގަށް ގެންނަ ބަދަލުތަކުކގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ. އޭގެ ތެރޭގައި ބައެއް ހިސާބުތަކުގައި ގާފޮޅު ބަހައްޓައިގެން ބުރު ހެދުމާއި، އާ މިސްރާބުތައް ދައްކައިދޭން މަގުގައި ކުރެހުން ހިމެނެ އެވެ.

މި ހުރިހާ މަސައްކަތެއް ނިންމައި، އަންނަ ހޮނިހިރުދުވަހު އާންމު ޓްރެފިކަށް ހުޅުވާލާނެ ކަމަށް ވެސް އެޗުޑީސީން ބުންޏެވެ.

މި ވަގުތު ސެންޓްރަލް ޕާކްގެ ވަރަށް ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ.

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން މަގުގައި ކުރެހުން އަޅަނީ (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީން ބުނިގޮތުގައި އެއްކޮޅަށް ދުއްވާ ގޮތަށް ބަގީޗާ ހިނގުން ބަދަލުކުރީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ ޕްލޭންގެ ތެރެއިންނެވެ. އެޗުޑީސީން އިތުރަށް ބުނީ:

  • ޓްރެފިކް މައްސަލަތައް ހައްލުކޮށް، އެކްސިޑެންޓުތައް މަދު، ރައްކާތެރި ތަނަކަށް ހަދން ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނާނެ ކަމަށް

  •  ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް، ބައެއް ސަަަރަހައްދުތަކުގައި ވަށް ބުރު (ރައުންޑްބައުޓްސް) ހަދާނެ

  • މި މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް 

ހުޅުމާލޭ މަގުތަކަށް ބަދަލުތައް ގެންނަން ނިންމީ، އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް އެހެން ދަތިތައް ވެސް ކުރިމަތިވާތީ އެވެ.

އެޗްޑީސީން ބުނިގޮތުގައި:

  • ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންގެ ޑޭޓާތަކަށް ބެލުމަށް ފަހު، ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑު އަދި ނުރައްކާތެރިކަށް ބަލައިގެން

  • އެ 11 ސަރަހައްދަށް ބަދަލު ގެނައުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް