ތިނަދޫގެ މަގުތަކުގައި ތާރު އަޅާފައި (ފޮޓޯ/އާރުޑީސީ)

މަގު ހެދުން

6.5 ކިލޯމީޓަރަށް ތާރު އަޅައި، ތިނަދޫގެ މަގުތަކަށް ޒަމާނީ ބަދަލެއް

ދެ ވަނަ ފިޔަވަހީގެ ދަށުން ތާރު އެޅުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ނިންމާފައި

ގދ. ތިނަދޫގެ މަގުތަކުގައި 6.5 ކިލޯމީޓަރަށް ތާރު އަޅައި، މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި ނިންމާލައިފި އެވެ.

ވީ ކިހިނެއް؟- ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތިނަދޫ މަގު ހެދުމުގެ ދެ ވަނަ މަޝްރޫއު ފެށީ މޭ 2021ގަ އެވެ. އޭގެ ފަހުން ރަށުގެ ގިނަ މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ނިންމާލައިފަ އެވެ.

އާރުޑީސީއިން މިއަދު ބުނީ ދެ ވަނަ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ފަހު އިތުރު އެހެން ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި:

  • ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް، ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން

  • މަގު ބައްތި ޖެހުން

ތިނަދޫގެ މަގުތަކުން ފެންނަނީ ޒަމާނީ ބަދަލުތަކެއް (ފޮޓޯ/އާރުޑީސީ)

ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާ އެކު، ތިނަދޫގެ މަގުތަކުން މިހާރު ފެންނަނީ ޒަމާނީ ބަދަލުތަކެކެވެ. އެގޮތުން ކުރިން އަޑިގުޑަންކޮށް އޮތް މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ސްޕީޑް ބްރޭކަރުތަކާއި މަގުމަތީ ޓްރެފިކް ނިޝާންތައް ވަނީ ޖަހައިފަ އެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ 14 މަގެއް ތަރައްގީކުރި އެވެ. މި މަޝްރޫއުގެ އަގު 78 މިލިޔަން ރުފިޔާއަށް ވުރެ މައްޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް