58 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޕެރޭޑް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިނިވަން ދުވަހުގެ ހިނގާލުމަށް ހުކުރު ދުވަހު ހަވީރު މާލޭގައި އުޅަނދު ދުއްވުން މަނާ

ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖުކުރަން ދަތިވާނެތީ އެ ދުވަހުގެ ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުނި

އަންނަ ހުކުރު ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ހަވީރު 4 އިން 6އަށް މާލޭ މަގުމަތީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފް އާއި ކެޑޭޓު ކޯ އިން މާލޭގެ ބޮޑެތި މަގުތަކުގައި ހުކުރު ދުވަހު ހިނގާލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުން ދަތިވާނެތީ އެ ދުވަހުގެ ހަވީރު 4 އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

ގުޅުން ހުރި - މި ހަފްތާގެ ހުކުރު ދުވަހަކީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަހު މާލޭގެ މަގުމަތީ ހިނގާލުމެއް ބާއްވަން ނިންމާފައި ވާއިރު، ކޮންމެ އަހަރަކު ވެސް މިނިވަން ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ދަނޑު ހަރަކާތްތަކާއި ފުޅަނދު ބުރުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި، ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފައި ވަނީ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ނުވަތަ ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް