ހިޔާ ފްލެޓެއް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ކަރަންޓު

ހިޔާގެ ކަރަންޓު ބިލު ބޮޑު؛ އެއް ސަބަބަކީ އޭސީ އައުޓްޑޯ ޔުނިޓު ހުންނަ ތަން

އައުޓްޑޯ ޔުނިޓުތައް އެހެން ތަނަކަށް ބަދަލުކުރި ފްލެޓުތަކުގެ ކަރަންޓު ބިލު ކުޑަ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓުތަކުގެ ކަރަންޓު ބިލުތައް ވަރަށް ބޮޑު ކަމަށާއި ބިލުތައް ބޮޑުވާ އެއް ސަބަބަކީ އޭސީ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުންނަ ގޮޅީގެ ހޫނު ގަދަވުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، ކަރަންޓު ބިލު ބޮޑުވަނީ ސްޓެލްކޯގެ އިހުމާލުން ނޫން ކަމަށާއި ބިލު ކުޑަކުރަން ކަސްޓަމަރުންނަށް އަމިއްލައަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލު - ކަރަންޓު ބިލު ކުޑަކުރުމަށް ގޭގެ އިންސިއުލޭޝަން ރަނގަޅުތޯ ބެލުމާއި އައުޓްޑޯ ޔުނިޓު ހުންނަ ގޮތް ބަލަން ޖެހޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭސީ އައުޓްޑޯ ޔުނިޓްތައް ހުންނަ ގޮތުން ކަރަންޓު ބިލު ބޮޑުވުމުގެ އެއް މިސާލެއްގެ ގޮތުގައި ފަހުމީ ދެއްކެވީ ހުޅުމާލޭ ހިޔާ ފްލެޓުތަކެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު ބޮޑުކަން. އެކަމަށް ހައްލެއް ހޯދައި ނުދެވޭނެ ސްޓެލްކޯއަކުން. އަޅުގަނޑުމެންނަށް އެނގޭ އައުޓްޑޯ ޔުނިޓާ ހެދިކަން އެ ހަރަދު ބޮޮޮޑުވަނީ. ހަގީގަތުގައި ވެސް [ކަރަންޓު ބިލަށް] އަރަން ޖެހޭ ވަރަށް ވުރެ މާ ބޮޑު،" އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގެ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުންނަ ތަނުގައި އެބަ ހުރޭ 50 ޑިގްރީއަށް ވުރެ މަތިން ހޫނުމިން. އެއީ ވަރަށް ކުޑަ ތަންކޮޅެއްގައި މި އިންނަނީ ވަރަށް ގިނަ އޭސީތައް ހަރުކޮށްފައި. އަވަނެއްގެ ހޫނުމިން ހުންނަ ތަނެއްގައި އޭސީ އައުޓްޑޯ ބެހެއްޓީމާ ދެން އެ އިންނާނީ ޖެެހިޖެހި. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު ބޮޑުކަން."

ފަހުމީ ވިދާޅުވީ އެއީ ސްޓެލްކޯއަށް ހައްލެއް ހޯދައިދެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހަގީގަތުގައި ވެސްް ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު މާ ބޮޑު. ތަޖުރިބާކުރެވުނު އެއް ކަމަކީ، ބައެއް ފްލެޓުތަކުން އެބަހުރި އައުޓްޑޯ ޔުނިޓުތައް ރީލޮކޭޓުކޮށްފައި. އެ ފްލެޓުތަކުގެ ކަރަންޓު ބިލު ކުޑަ،" އޭނާ ވިދާޅުވި އެވެ.

admin@stelco.com.mv
3320982

ކޮމެންޓް (5)

ލައިކް

26 ޖުލައި 2024
އައުޑޯގެ ހޫނުވެސް ރަގަޅު ކޮށްލެވިފާނެ މަތީގަ ހުންނަ ފޭން ޖެއްސީމަ އެވަރުވެސް ނުކޮށްދޭ
0 0

ޙިކު

24 ޖުލައި 2024
އޭސީ ޖެހެނީ ބޭރުގެ ޓެމްޕަރޭޗައަށް ވެއްޖިއްޔާ އޭސީގެ ބޭނުމެއް ނެތް.ދޮގު ހެދިޔަސް ބޮޑުވަރު
1 0

ސިކުނޑި

24 ޖުލައި 2024
ފަހުމީ މުއީޒަށް ކުރި މަލާމާތެއްތޯ؟!؟ ކުރެހުން އެޕްރޫވްކުރީ މުއީޒުގެ ވަޒީރު ކަމުގައި އޭނަ!
2 0

ބައިޖާން

24 ޖުލައި 2024
ފަހުމީ ދެން އިރު ދައްކާފަ އެހެރީ ހަނދޭ ބުނީމަވެސް މަވީ ޤަބޫލުކުރަންތަ. ހިޔާ ފުލެޓު މަގޭ އެޕަރޓްމަންޓިގައި އުޅޭތާ 3އަހަރުމިވީ. 1200ރ ވަރު ކަރަންޓަށް އަރަނީ، އެކަމަކު ނިމިދިޔަ 2 މަހުގަވެސް 3200 އެރި. ހަމަ އެކަނި އޭސީ އައުޓު ޑޯރ ހޫނު ގަދަވާންވީ މިހާރުތަ. ބޮޑު ކަމުން ބިލުނުދައްކާ ހުރެފަ އިންޔެ ކަރަންޓް ކަނޑާލާނެ ކަމަށް އިންޒާރުގެ މެސެޖު އައިމަ ގޮސް ބިލް މިދެއްކީ. އަހަރެން ނަށް ވާހަކަ ދެއްކުނީ ވެސް ރޮވިފަ. އައީ ކަންޓަރުގައިން ކުއްޖާވެސް ފެންކަޅިވި. ހެޔޮވާނީ ކިހިނެއް މިހެން ހަދަން. ކުލި ކުޑަ ކޮށްފަ އެބައި މިނަގަނީ ޔޫޓިލިޓީ ބިލްތަކުން.
2 0

ބަޖުރަންގީ

24 ޖުލައި 2024
ހިޔާގެ ކުރެހުން ފާސްކޮއްފަ އޮތީ ކާކުތޯ ބަލާބަލަ ؟ އެމީހަކު ކިޔެވި އެއްޗަކުން މިވަރު ނޭގުނީތޯ ؟ މިހީވަނީ ހިޔާގަ ދިރިއުޅޭ މީހުން ގަސްތުގަ ކޮއްގެން އުޅޭ ކަމެއްހެން!
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް