އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ރަސްމީ ފަރިއްކޮޅުގައި ރައީސް މުއިއްޒު ބައިވެެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރާއްޖެއަށް ދޭ އެހީ ކުޑަކުރަން އިންޑިއާގެ އާ ބަޖެޓުގައި ހިމަނައިފި

ތަރައްގީގެ އެކި މަޝްރޫއުތަކަށް 600 ކްރޯޑް ރުޕީސް ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް މިދިޔަ ފެބްރުއަރީގައި ހުށަހެޅި އިންޓަރިމް ބަޖެޓުގައި ހިމެނި ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖެ އަށް ދޭ އެހީގެ ގޮތުގައި ހިމަނަން މިހާރު ހުށަހަޅާފައިވަނީ 400 ކްރޯޑް ރުޕީސް

މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ނުވަތަ 1 ބިލިއަން ރުުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނަން ހުށަހެޅި ހުށަހެޅުން މުރާޖައާކޮށް، އެ އަދަދު 400 ކްރޯޑް ރުފީސް (47 މިލިއަން ޑޮލަރު) ނުވަތަ 732 މިލިއަން ރުފިޔާ އަށް ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން އިންޑިއާއިން ގެންގުޅޭ ނެއިބާހުޑް ފަސްޓު ޕޮލިސީގެ ދަށުން އެ ގައުމުގެ އަވައްޓެރި ގައުމުތަކަށް ދިނުމަށް ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނަން ހުށަހަޅާފައިވަނީ ބޫޓާން އަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ ނޭޕާލް އަށެވެ.

މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އަށް 770 ކްރޯޑު ރުޕީސް ނުވަތަ 91 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް ބަޖެޓުގައި ހިމެނި އެވެ.

ތަފްސީލް - ތަރައްގީގެ އެކި މަޝްރޫއުތަކަށް 600 ކްރޯޑް ރުޕީސް ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް މިދިޔަ ފެބްރުއަރީގައި ހުށަހެޅި އިންޓަރިމް ބަޖެޓުގައި ހިމެނި ނަމަވެސް އެ އަދަދު ކުޑަކޮށް، މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖެ އަށް ދޭ އެހީގެ ގޮތުގައި ހިމަނަން މިހާރު ހުށަހަޅާފައިވަނީ 400 ކްރޯޑު ރުޕީސް އެވެ. މިއީ މީގެ ކުރިން ހުށަހެޅި އަދަދަށް ވުރެ %48 މަދު އަދަދެކެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނީ، ރާއްޖެ އަށް ދޭ އެހީ ކުޑަކޮށްފައި ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން މި ސަރުކާރުގައި ހީނަރުވެފައިވަނިކޮށް ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ޗައިނާ އާއެކު ގުޅުން ބަދަހިކުރާ އެ ގައުމާ ގާތް ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. 

ފާހަގަ ކުރެވޭ - މިދިޔަ ސަރުކާރުގައި އިންޑިއާގެ އެހީ ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި އެވެ. ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެ އާއި ތިލަފުށި ގުޅާލާ ބްރިިޖަކީ ވެސް އިންޑިއާގެ ލޯނު އަދި ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ގުޅުން ހުރި - އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މި އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްވާގޮތަށް ރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން އިންޑިއާގެ އާންމުން ވެސް ވަނީ ރާއްޖެ އާ ދެކޮޅަށް ކެމްޕޭނެއް ފަށައި އިންޑިއާ އިން ރާއްޖެ އަށް ފަތުރުވެރިން ނައުމަށް ގޮވާލަައިފަ އެވެ. އޭގެ ފަހުން އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވި އެވެ.

ނަމަވެސް، ދެ ގައުމުގެ ގުޅުން ބަދަހިކުރަން ސަރުކާރުން މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ހަފްލާ އަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.

ކޮމެންޓް (2)

ކޮސް

25 ޖުލައި 2024
ކޮބާ ހީވެއްޖެ .... ނާށިގަނޑު ހިފައިގެން ދާން ލަދެއްވެސް ނުގަނޭ މިވެރިން.
0 0

ޙަސަނާ

24 ޖުލައި 2024
ބުލީ އޭ ކީއްޖެނު؟ ޙަހަހަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް