ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ފުލުހުން

ޕޮލިސް ކޮމިޝަނަރުގެ ނަމުގައި ފޭކު އީމެއިލްއެއް ދައުރުވާތީ ސަމާލުވާން އެދެފި

މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމަށް ފުލުހުން ބުނޭ

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ނަމުގައި ފޭކު އީމެއިލްތަކެއް ދައުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނާގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާގޮތަށް ބައެއް މީހުންނަށް އީމެއިލްތަކެއް ލިބޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ތަފްސީލް - ޝިފާން ވިދާޅުވީ ދައުރު ވަމުންދާ އީމެއިލްތަކަކީ ފުލުހުންގެ މުއައްސަސާއިން ފޮނުވަމުންދާ މެއިލްތަކެއް ނޫން ކަމަށެވެ.

"މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމުގައި ދަންނަވެމެވެ،" ޝިފާންގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެފަދަ މެއިލްތަކަށް ޖަވާބުދިނުން އަދި އޭގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް (1)

ހަރުގާ

22 ޖުލައި 2024
ތިއީ އަދި ސްކޭމިން ލެވެލް ބޭސިކް ގެ ފެންވަރު އިނގޭ. ޖީމެއިލް ޑޮޓްކޮމްގެ އެޑްރެހަކުން މެއިލް އައިމަ، އެއީ ޕޮލިސް މުއައްސަސާއިން އައި އެއްޗެއްކަމަށް މީހަކަށް ހީވަންޏާ އެއީ ވަރަށް ދަށްކޮށް އެދަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް