ނުބައި މައުލޫމާތު ހިމަނަގައިގެން، މީހުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި އާއްމުކޮށްފައިވާ ބައެއް ޕޯސްޓުތައް

މަކަރާއި ހީލަތް

އާ ސްކޭމެއް: އޮޅުވާލައިގެން އެހީގެ ޕޯސްޓްތައް ހަދައި ފައިސާ ހޯދަނީ

ފޭސްބުކްގެ ތިން އެކައުންޓަކުން ދަނީ ނުބައި މައުލޫމާތު ހިމެނޭ ޕޯސްޓުތަކެއް އާއްމުކޮށް އެހީއަށް އެދެމުން

ބަލިވެގެން އެހީ ހޯދަން ކަމަށް ބުނެ، ނުބައި މައުލޫމާތާއި ފޮޓޯ ހިމަނައިގެން ޕޯސްޓްތައް ހަދައި މީހުންގެ އަތުން ފައިސާ ހޯދަން ސޯޝަލް މީޑިއާގައި ހިންގި ސްކޭމެއް ފަޅާއަރައިފި އެވެ. 

ވީ ކިހިނެއް؟- ފޭސްބުކްގެ ތިން އައިޑީއަކުން މި މަހުގެ ކުރީކޮޅުއްސުރެ އަންނަނީ މި ކަހަލަ ޕޯސްޓުތައް އާންމު ކުރަމުންނެވެ. އަދި ގިނަ ބަޔަކު އެ މަޅީގައި ޖެހެމުން އަންނައިރު، އެ ޕޯސްޓުތައް ހަދާފައި ހުންނަނީ، އެއީ ސައްހަ މައުލޫމާތުހެން ހީވާގޮތަށް ވަރަށް ފަރުވާތެރިކަމާއެކު އެވެ.

އެކަމަކު 'ދައުރު'އިން ބެލި ބެލުމުން އެ ހުރިހާ ޕޯސްޓެއްގައި ވެސް ހުންނަނީ މުޅިން ނުބައި މައުލޫމާތެވެ. އެގޮތުން:

ނުބައި މައުލޫމާތު ހިމަނަގައިގެން، މީހުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި އާއްމުކޮށްފައިވާ ބައެއް ޕޯސްޓުތައް
  • ބޭނުންކޮށްފައި ހުންނަނީ އިންޓަނެޓުން ނަގާފައި ހުންނަ ބޭރު މީހުންނާއި ކުދިންގެ ފޮޓޯ

  • ހުރިހާ ޕޯސްޓެއްގައި ވެސް ޖަހާފައި ހުންނަނީ ތިން މީހެއްގެ އެކައުންޓު ނަމްބަރު. ގުޅޭނެ ނަމްބަރާއި އާއިލާ މީހުންގެ ނަމާއި ނަމްބަރު ޖަހާފައި ހުރި ނަމަވެސް އެއިން އެއްވެސް މައުލޫމާތެއް ސައްހައެއް ނޫން

  • އެއީ ނޫހެއްގައި ޖަހާފައިވާ ހަބަރެއް ކަމަށް ބުނެ ލިންކު ޝެއާކޮށްފައި ހުރި ނަމަވެސް، އެއްވެސް ލިންކަކަށް ނުވަދެވޭ

  • މި ޕޯސްޓުތައް އެކި ޕޭޖުތަކަށް ވެސް ލާ ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ދަނީ ދައުރުކުރަމުން

ނުބައި މައުލޫމާތު ހިމަނަގައިގެން، މީހުންގެ އަތުން ފައިސާ ހޯދުމަށް ޕޯސްޓުތައް ކުރާ އެއް އެކައުންޓު

މި ހުރިހާ ޕޯސްޓެއްގައި ވެސް މީހުންނަށް އެހީތެރިވުމާއި ސަދަގާތުގެ މުހިއްމުކަމާ ގުޅޭ ގޮތުން ދީނުގައި އޮންނަ ގޮތް ބުނެދީފައި ހުރެ އެވެ. އެހެންވެ އެތައް ސަތޭކަ ބަޔަކު މި ޕޯސްޓުތައް ޝެއާކޮށް، އެހީ ދީ ހަދަނީ އެއީ ސައްހަ އެއްޗެއް ކަމަށް ހީކޮށެވެ.

ކޮމެންޓް (1)

ނަާނި

23 ޖުލައި 2024
ރަގަނޅު ކަމެއް ދައުރު ނޫހުން ތިކުރީ! އަޅުގަނޑަށް ޝައްކުވި ތިކުޑަކުއްޖާގެ ފޮޓޯފެނުނީމަ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް