ރާޅުގަނޑު ސަރަހައްދަށް މިއަދު އުދައިގެ އަސަރުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުދައެރުން

އުދަ އަރާތީ ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރޭ

ރާއްޖޭގެ ބޮޑުބަޔަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާތީ ސިނަމާލެ ބްރިޖުން ދަތުރުކުރާ އިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ކ. އަތޮޅުން ފެށިގެން އައްޑުއާ ދެމެދުގެ ރަށްރަށަށް މިއަދު އުދަ އަރާފާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ތަފްސީލް - ފުލުހުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ:

  • ކ. އަތޮޅުން ފެށިގެން އައްޑުއަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓުން ލަފާކޮށްފައިވާތީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް

  • ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް

ބްރިޖު ކައިރި ސަރަހައްދުގެ އިތުރުން މާލޭ ޓްރެކު ސަރަހައްދަށް ވެސް މެންދުރު ފަހު ވަނީ އުދަ އަރައިފަ އެވެ.

ފާހަގަ ކުރެވޭ - މީގެ ކުރިން މާލެ ސަރަހައްދަށް އުދަ އެރި ދުވަހެއްގައި ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދު ޓްރެފިކް ލައިޓު ކައިރިން ދުއްވާފައި ދިޔަ އުޅަނދުތައް ވެސް ވަނީ ރާޅާއެކު ކަހާލައިފަ އެވެ. އެ ވީޑިއޯއަށް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް