މީހަކު ޑޮލަރުތަކެއް ގުނަނީ

ފުލުހުން

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރު ކުރި 46 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފައި

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މިކަން ކުރީ ކިހިނެއް ކަމެއް އަދި ސާފެއް ނޫނެވެ. ހައްޔަރުކުރި މީހާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ޝިކާރައަކަށްވެފައި ވަނީ އަންހެނެކެވެ.

ތަފްސީލު - މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައާ ބެހޭގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ މީހެއް ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުންގެ މެސެޖްގައި އިތުރަށް ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އެ މީހާގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

"އަންހެން މީހާއާ ވާހަކަ ދެއްކީ މީނާއާއެކު ދިޔަ މީހާ ކަމަށާއި ކުރި ކަމެއް ކުރީ އޭނާ ކަމަށާއި މީނާ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށާއި މިކަމުގައި އެއްވެސް ކަމެއް ނޭނގޭ ކަމަށް" ހައްޔަރު ކުރި މީހާ ކޯޓުގައި ބުނެފައިވާ ކަމަށް އޭނާގެ ކޯޓު އަމުރުގައި ލިޔެފައިވެ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް