ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް މިދިޔަ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ވަޒީރުންނާ އެކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ: މިއަދު ތިން މިނިސްޓަރުން ޗައިނާއަށް ވަޑައިގަންނަވާނެ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

ތިން މިނިސްޓަރަކު މުހިންމު މަޝްވަރާތަކަށް ޗައިނާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ބައެއް ކުންފުނިތަކާ ބައްދަލުކުރުން ހިމެނޭ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނޭ ގޮތަށް، އިގްތިސާދީ މަޝްވަރާތަކަކަށް ތިން މިނިސްޓަރަކު މިއަދު ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޒަމީރު ކުރައްވާ ފަސް ދުވަހުގެ މި ދަތުރާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. މޫސާ ޒަމީރުގެ އިތުރުން ދެން ބައިވެރިވެވަޑައިގަންނަވަނީ:

  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

  • ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް

ތަފްސީލު - އެ ބަޔާނުގައި ބުނި ގޮތުގައި، މިއީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. އަދި ޗައިނާގެ އެހެން އިސް އޮފިޝަލުން ހިމެނޭ ގޮތަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މި ދަތުރުގައި މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އޭގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އިސް ދައުރެއް މީގެ ކުރިން އަދާކޮށްފައިވާ ޗައިނާގެ މުހިންމު ކުންފުނިތަކާ އެކު ވެސް ޒަމީރު ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުން ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ޗައިނާއަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބައެއް މިނިސްޓަރުން ދަތުރުކުރައްވާފައިވެ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މިދިޔަ ޖެނުއަރީ މަހު ކުރެއްވި އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ވެސް ޗައިނާ އަށެވެ.

ކޮމެންޓް (3)

ސައީދު ބާކީ ވެއްޖެ

20 ޖުލައި 2024
ސައީދުއަށް މުއިއްޒު އިތުބާރު ނުކުރާތީތޯ ތިޔަ ވަފުދުގަ ނުހިމެނުނީ
2 0

ހުވަދޫ އަހައްމަދޭ

20 ޖުލައި 2024
މުހިއްމު މަޝްވަރާއަކީ ލާރި ފޮއްޗެއް ލިބޭތޯ ނާށިގަނޑު ދިއްކޮށްލުން، އެކަމަކު ޗައިނާއިން ނުދޭނެ އެއްޗެއް، އިންޑިއާގެ މިލިޓަރީއާ ސިފައިން މިތަނުގަ އަދިވެސް އެބަތިބި. އެމީހުންގެ މިލިޓަރީ އޮޕަރޭޝަންތައް ހަމަ ކުރިއަށް. ހަނިމާދޫ އެއާޕޯޓުގެ އަޕްޑޭޓްވެސް ބަރާބަރަށް އެމީހުންނަށް ލިބޭ.
2 1

ކޮއްޔާ

20 ޖުލައި 2024
@ހުވަދޫ އަހައްމަދޭ ކޮއްޔާ ހޮޅި ނިކޭއި އެބިހިށު ވާ!!!!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް