އޭލެވެލް އިން އެންމެ މަތީ ވަނަ ހޯދައިގެން ސްކޮލަޝިޕް ޔަގީންކުރި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މަތީ ތައުލީމު

ރައީސްގެ ސްކޮލަޝިޕް 19 ދަރިވަރަކަށް، ހަޔާ އެޗީވާސް އެވޯޑު 117 ދަރިވަރަކަށް

މި ސްކޮލަޝިޕްތަކުގައި ދަރިވަރުން ބޭނުން ދާއިރާތަކަކުން ކިޔެވޭނެ

މަތީ ސާނަވީއިން އެންމެ މަތީ ފާސް ހޯދައިގެން ރައީސް ދެއްވާ ސްކޮލަޝިޕާއި 'ހަޔާ އެޗީވާސް އެވޯޑު' ޖުމްލަ 136 ދަރިވަރަކަށް މިރޭ ދީފި އެވެ.

އޭލެވެލް އިމްތިހާނުގައި މާއްދާތަކުން ވަކި ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ އެވޯޑެއް ދެ އެވެ. އެއީ:

  • ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕް

  • ދިވެއްސާއި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށް ދޭ 'ހައި އެޗީވާސް އެވޯޑް'

މި ދެ އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އޭލެވެލް އިން އެންމެ މަތީ ވަނަ ހޯދައިގެން ސްކޮލަޝިޕް ޔަގީންކުރި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
  • ރައީސްގެ ސްކޮލަޝިޕް މި ފަހަރު 19 ދަރިވަރަކަށް ލިބުނު

  •  އެއީ، ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރެއް

  • ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެ

ހައި އެޗީވާސް އެވޯޑު ހޯދާފައިވަނީ 117 ދަރިވަރަކެވެ.

  • ހައި އެޗީވާސް އެވޯޑުގައި ސްކޮލަޝިޕް ލިބެނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ގައުމުތަކަކަށް

  • ބެލެނިވެރިން ބޭނުންވެގެން އެދިއްޖެ ނަމަ، ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ނުހިމެނޭ ސަރަހައްދަކުން ވެސް ކިޔެވުމުގެ ފުރުސަތު ދޭ

  • މި ސްކޮލަޝިޕް ދެނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ، 'ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް'ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް