ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު (ކޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ މާޗަށް ނިމޭނެ

މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއަން އެގްޒިމް ބެންކުގެ ކްރެޑިޓް ލައިނުގެ ދަށުން، މަޝްރޫއުގެ %67.5 މަސައްކަތް ވަނީ ނިމިފައި

ހދ. ހަނިމާދޫ އެއާޕޯޓުގެ %67 ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަންނަ މާޗު މަހަށް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިިނުގެ ދަށުން ކުރީ ސަރުކާރުގައި ތަރައްގީ ކުރަންފެށި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މުހާވަރު ވަނީ އިއްޔެ ހަނިިމާދޫ އަށް ވަޑައިގެންފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު (ކޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ތަފްސީލް - އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން މިނިސްޓްރީ އިންް އިއްޔެ ނެރުުނު ނޫސްބަޔާނުގައި ބުނީ:

  • މަޝްރޫއުގެ ޖުމްލަ %67.5 މަސައްކަތް ނިމިފައިވާ ކަމަށް

  • 2،400 މީޓަރު ރަންވޭ އަދި އޭޕްރަންގެ %97 މަސައްކަތް ނިމިފައިވާ ކަމަށް، މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ

  • ޕެސެންޖާ ޓާމިނަލް އިމާރާތުގެ %51.4 މަސައްކަތް ނިމިފައި، ސްޓްރަކްޗާ މަސައްކަތާއެކު ފިނިޝިން މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދޭ

  • އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ %75 މަސައްކަތް ނިމިފައި، ސްޓްރަކްޗާގެ މަސައްކަތާއެކު ފިނިޝިންގެ މަސައްކަތް ކުރިއަށް އެބަދޭ

  • ފިއުލް ފާމާއި ޖެޓީގެ މަސައްކަތުގެ %44.5 މަސައްކަތް ނިމިފައި؛ ޓޭންކުތަކުގެ ފައުންޑޭޝަން މަސައްކަތް ނިމި، ޓޭންކު ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ

  • އެހެނިހެން އިމާރާތްތަކުގެ ބޮޑުބައި ނިމި، ނޮވެމްބަރުގައި ހަވާލު ކުރެވޭނެ

  • އެއާޕޯޓަށް ބޭނުންވާ މަގުތަކުގެ %50 ނިމިފައި

  • އެއާޕޯޓާއެކު ބޭނުންކުރާނެ އެމްއެންޑީއެފްގެ އިމާރާތުގެ %5 މަސައްކަތް ނިމިފައި

  • މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ މާޗު މަހު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ބައްލަވާލެއްވުމަށް ޓްރާންސްޕޯޓު މިނިސްޓަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އެ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން (ކޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ގުޅުން ހުރި - ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓުސް އިންޓަނޭޝަނަލް އިންނެވެ.

  • އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދާ މި މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު

  • މި މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރާއިރު، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް ވެސް ހަދާނެ

  • މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް