މިފްކޯއިން އޮޕަރޭޓް ކުރާ މަސް ކިރާ ބޯޓެއް. ރަންދި ސީރީޒްގެ ހަތަރު ބޯޓެއް މިހާރު މިފްކޯއިން ބޭނުންކުރަން ވަނީ ފަށާފައި (ފޮޓޯ/މިފްކޯ)

މިފްކޯ

މަސްވެރިންނަށް ލުޔެއް ހޯދައިދިނުމަށް މިފްކޯއިން ބަދަލުތަކެއް

ރާއްޖޭގެ ދެކުނުގައި މަސް ގަންނަން ބޭނުން ކުރާ 27.5 ޓަނުގެ ޖާގައިގެ ހަތަރު ބޯޓު ފެލިވަރުން އޮޕަރޭޓް ކުރާ ގޮތަށް މިހާރު ވަނީ ނިންމާފައި

މިފްކޯ އިން މަސްވެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގއ. ކޫއްޑޫއިން އޮޕަރޭޓް ކުރަމުން ދިޔަ ހަތަރު ބޯޓެއް ޅ. ފެލިވަރަށް ބަދަލުކޮށް އެތަނުގެ އޮޕަރޭޝަންތަކަށް ބަދަލު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން މިއަދު ބުނިގޮތުގައި ރާއްޖޭގެ ދެކުނުގައި މަސް ގަންނަން ބޭނުން ކުރާ އާރުއެސްޑަބްލިއު 27.5 ޓަނުގެ ޖާގައިގެން ހަތަރު ބޯޓު ފެލިވަރުން އޮޕަރޭޓް ކުރާ ގޮތަށް މިހާރު ވަނީ ނިންމާފަ އެވެ. އެއީ މީގެ ކުރިން ކޫއްޑޫގައި ބޭނުން ކުރި ރަންދި 23 އާއި 24 އާއި 25 އަދި 26 އެވެ.

އޭގެ އިތުރުން މިފްކޯ އިން ބުނީ:

  • ކުރިން އެ ކުންފުނިން އޮޕަރޭޓް ކުރި ޖަޒީރާ-102 ދެން ބޭނުން ކުރާނީ ކޫއްޑޫ ސައިޓުގައި ކަމަށް

  • އެ ބޯޓުން ދުވާލަކު 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭނެ ކަމަށް

 "ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބަހައްޓާފައި ހުންނަ ތާޒާ މަސް ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް،" މިފްކޯގެ އޮޕަރޭޝަންތައް ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވި އެވެ.

"މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސް ގަންނަ ބޯޓު ބޭއްވޭނެ."

މިފްކޯއިން ބޭނުންކުރާ ޖަޒީރާގެ ބޯޓެއް (ފޮޓޯ/މިފްކޯ)

ޒާހިރު ވިދާޅުވީ އޭގެ ސަބަބުން، އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރިންނަށް މަސް ކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސް ވެސް ނުކިރޭ. އެކަމަކު ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ގަނޑުކުރެވޭ މަސް އިތުރުވެގެންދާނެ ކަމަށް

  • އޭގެ ސަބަބުން، މަސް ބާނާ މޫސުމެއްގައި އޮޑިދޯނިފަހަރުން މަސް ކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ

ޒާހިރު ވިދާޅުވި ގޮތުގައި މިފްކޯގެ ފްލީޓާ އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސް ގަތުމުގައި ހަރަކާތްތެރިވެ އެވެ. އަދި ވަރަށް އަވަހަށް ޖަޒީރާ-104 ވެސް ބޭނުން ކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް