ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދުއްވާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ބޮޑު ބަޔަކަށް މޫސުން ގޯސް، ވައިގަދަ ވާނެ

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ލަފާކުރޭ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިރޭ ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އިދާރާ އިން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވެ އެވެ.

ތަފްސީލް - ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. ރާޅުގެ އުސްމިން 5-2 ފޫޓަށް ހުންނާނެ ކަމަށް ވެސް އެ އިދާރާ އިން ލަފާކުރެ އެވެ.

މިދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ދުވަސްވަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް