ފުލިދޫގެ މަގެއްގެ މަތިން ދެ ޒުވާނުން ހިނގާފައި ދަނީ: މި ރަށުގެ އާބަދީގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ ޓޫރިޒަމްގެ ދާއިރާގައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އާބާދީ

ޒުވާނުންގެ އާބާދީގެ %19 ވަޒީފާ އަދާނުކުރޭ: ރިޕޯޓު

ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު ޒުވާނުންގެ އާބާދީ ބައި ލައްކައަށް ވުރެ ގިނަ. އެކަމަކު އޭގެ ތެރޭގައި ވަޒީފާ އަދާ ނުކުރާ އަދި ތައުލީމް ހާސިލް ނުކުރާ ޒުވާނުން ގިނަ

ރާއްޖޭގެ އާބާދީގެ %19 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ނުވަތަ ތައުލީމް ހާސިލު ނުކުރާ ޒުވާނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟- މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި ނެޝަނަލް ސްޓެޓިކްސް ބިއުރޯ އިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީ އުޅެނީ 53,537ގަ އެވެ. އެއީ:

  • 27،625 ފިރިހެނުން

  • 25،912 އަންހެނުން

  • މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ޒުވާނުން އުޅެނީ ރަށްރަށުގައި

ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ކޮންމެ ފަސް މީހަކުން ކުރެ އެކަކީ، ވަޒީފާ އަދާ ނުކުރާ، ތައުލީމް ހާސިލް ނުކުރާ ޒުވާނެކެވެ. އެއީ އާބާދީގެ %19 ނުވަތަ 10،414 ޒުވާނުންނެވެ.

މި ކެޓެގަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ:

  • 17% ފިރިހެނުން

  • 22% އަންހެނުން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ މިހާރު 515،132 އެވެ. އޭގެ ތެރެއިން ވަޒީފާ އަދާ ކުރާ މީހުންގެ ނިސްބަތް ތިން ލައްކައަށް އަރަ އެވެ. އެ މައުލޫމާތުތަކަށް ބަލާއިރު:

  • ވަޒީފާ އަދާކުރާ 171،130 މީހުންނަކީ ދިވެހިން

  • އަދި 126،386 މީހުންނަކީ ބިދޭސީން

އިތުރު އާޓިކަލް

އިތުރު އާޓިކަލް