އައިޖީއެމްއެޗް: ރޯގާ ހުރެއްޖެ ނަމަ ހޮސްޕިޓަލަށް ދާއިރު މާސްކް އަޅަން އެތަނުން އިލްތިމާސްކުރޭ

އައިޖީއެމްއެޗް

ފްލޫ ކްލިނިކް ބަންދުކޮށްފި، އެކަމަކު ރޯގާގެ އަލާމާތެއް ހުރި ނަމަ ހޮސްޕިޓަލަށް ދާއިރު މާސްކް އަޅަން އެދޭ

ފްލޫ ކްލިނިކް ހުޅުވީ ހައްޖުވެރިން ރާއްޖެ އައި ދުވަސްވަރު ރަށުތެރޭގައި ވަރަށް ބޮޑަށް ހައްޖު ރޯގާ ފެތުރިގެން ދިޔުމުން

ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަކޮށްގެން ހުޅުވި ފްލޫ ކްލިނިކް މިއަދަށް ފަހު ބަންދުކޮށްފައިވާ ކަމަށާއި އެކަމަކު ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ، މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިޔުމަށް އައިޖީއެމްއެޗުން މިރޭ އިލްތިމާސްކޮށްފި އެވެ. 

ވީ ކިހިނެއް؟- ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް، އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވީ މިދިޔަ މަހު 26ގަ އެވެ. އޭރު ހައްޖު ރޯގާ ވެސް ބާރަށް ފެތުރެމުން ދާތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލުން އެންގި އެވެ.

 އައިޖީއެމްއެޗުން މިރޭ ބުނިގޮތުގައި ފްލޫ ކްލިނިކް ބަންދުކުރީ، ހިދުމަތް ހޯދަން ދާ މީހުންގެ އަދަދު މަދުވުމުންނެވެ. އެކަމަކު ހޮސްޕިޓަލަށް ދާ މީހުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އެޅުމަށް އެތަނުން އިލްތިމާސް ކުރެ އެވެ.

ފާހަގަކޮށްލެވޭ - ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ އެކި ވައްތަރުތައް ޖެހެ އެވެ. ހައްޖުވެރިން ރާއްޖެ އައުމާ އެކު، ރަށުތެރޭގައި ވެސް އެ ރޯގާ ފެތުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް