ރައީސް މުއިއްޒު ޗައިނާ ސަފީރާ ބައްދަލު ކުރަައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

ރާއްޖެއިން އެންމެ ބޭނުންވާ ކަންތައް ޗައިނާ ސަފީރު އޮޅުންފިލުއްވައިފި

ރާއްޖެ އިން މިވަގުތަށް އެންމެ ބޭނުންވާނެ ކަންތައް ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމަށް ސަފީރު ވިދާޅުވި

ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާ ކަންތަކަކީ ކޮބައިކަން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ޗައިނާ އިން ރާއްޖެ އަށް ކަނޑައާޅާފައި ހުންނަވާ ސަފީރުވަން ލިޒިން ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޗައިނާ ސަފީރު މި ޔަގީންކަން ދެއްވީ މިއަދު ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

ތަފްސީލް - އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ސަފީރުގެ ޒިޔާރަތުގައި ރައީސާ ބައްދަލު ކުރައްވާ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން ސަފީރު އޮޅުންފިލުއްވި ކަމަށެވެ. އަދި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމަށް ސަފީރު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރަށް ބުނީ:

  • ޗައިނާގެ ރައީސް ރާއްޖެއާމެދު ބަހައްޓަވާ ހާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ސަފީރު ފާހަގަ ކުރެއްވި ކަމަށް

  • ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވާރާކުރެއްވި ކަމަށް

  • ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކޮށް އެއްބަސްވެވަޑައިގެންނެވި ކަންތައް ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރެއްވި ކަމަށް

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އާއި ސަފީރު ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް (1)

ސިކުނޑި

11 ޖުލައި 2024
ރައީސް އޮފީހުގައި ތަރުޖަމާނެއް ހުރެމެ، ނޫސްވެރިންގެ ބައްދަލުވުމެއް ނުބޭއްވުމަކީ ކަންބޮޑުވާކަމެއް! ސަރުކާރު ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެ! ވެބްސައިޓުން މައުލޫމާތު ނަގައިގެން ނޫސް ލިޔަންޖެހޭ ވަރުވީމާ މާނަޔަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުގައި އުރަތްޕެއްނެތޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް