އާސަންދަ އޮފީސް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާސަންދަ

19 އަހަރާއި 39 އަހަރާ ދެމެދު މީހުންނަށް މެޑިކަލް ޗެކްއަޕް ތައާރަފު ކޮށްފި

އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް

އުމުރުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް މިއަދުން ފެށިގެން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމު، އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އާސަންދަ އިން ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ. އެއާއެކު:

  • މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭ

  • 18 އަހަރުން ދަށުގެ ކުދިންނާއި 40 އަހަރުން މަތީގެ މީހުންނަށް މިދިޔަ އޭޕްރީލްގައި އެ ހިދުމަތް ވަނީ ތައާރަފްކޮށްފައި

  • އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާ ގްރޭޑުތަކުގެ ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓުތައް ވެސް އާސަންދަ މެދުވެރިކޮށް ސަރުކާރު ހޮސްޕިޓަލުތަކުން ހެެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި

ތަފްސީލް - އާސަންދަ ކުންފުނިން މިއަދު ބުނީ ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުން ތަންފީޒު ކުރުމަށް ފަށާފައިވާ ސިޔާސަތާ އެއްގޮތަށް، 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް މިއަދުން ފެށިގެން އެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެނގުން މުހިއްމު - އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދެނީ، ރަށްރަށުގައި ނަމަ، ސިއްހީ މަރުކަޒުތަކާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުންނެވެ. މާލެ ސަރަހައްދުން ޗެކްއަޕް ހެދޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.

އެއް އަހަރު ތެރޭ ދެވަނަ މެޑިކަލް ޗެކްއަޕްއެއް ހަދަން ޖެހިއްޖެ ނަމަ، ޑޮކްޓަރުންގެ ލަފައާ އެކު އޮންނަ އުސޫލުގެ ދަށުން، ދެވަނަ ޗެކްއަޕެއް ވެސް ހެދޭނެ އެވެ. އެގޮތުން:

  • ދެވަނަ ޗެކްއަޕް ހެދޭނީ ފުރަތަމަ ޗެކްއަޕް ހަދާތާ ހަ މަސް ފަހުން

  • ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ

ކޮމެންޓް (2)

މެޑިކަލް

10 ޖުލައި 2024
ތިރީގަި މިވަނީ މެޑިކަލް ޗެކަޕްކުރަން ހަދާ ޓެސްޓްތައް A full-body checkup comprises of Haemogram, Blood Sugar, Pulmonary Function Test, Vitamin Check, Lipid profile, Liver profile, Thyroid profile, CT Calcium score, ECG, Chest X-ray, BMI, 2D-ECHO, Cardiac Tes
2 0

ސިކުނޑި

9 ޖުލައި 2024
ކުރިންވެސް ހުރިހާ ޓެސްޓެއް ހެއްދޭ ކަންނޭނގެ އާސަންދައިން! ޑަކްޓަރުގެ ލިޔުމެއް އޮތިއްޔާ ހަމަ ސާމްޕަލް ނަގާފަ ހައްދާ ކިތަންމެ ފަހަރަކުވެސް! މިވީގޮތެއް އަދި ސިކުނޑިއަކަށް ނުވިސްނޭ!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް