ޓްރާންސްފޯމަރުގެ ކޭބަލް ބުރިކޮށްލާފައި

ސްޓެލްކޯ

ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ދީފި

މި ފަހަކަށް އައިސް، މާލެ ސަރަހައްދުގައި އަޅާފައި ހުންނަ ކަރަންޓު ކޭބަލް ބުރިކޮށް ވަގަށް ގެންދިއުމުގެ މައްސަލަ ވަނީ ބޮޑުވެފައި

މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓު ކޭބަލެއް ބުރިކޮށްލައިގެން އެތަކެތި ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟- ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ތަފްސީލް -  މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓު ކޭބަލެއް ބުރިކޮށްލައިގެން އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:12 ގަ އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

ގުޅުންހުރި ކަމެއް - ކޭބަލްތަކެއް ވަގަށް ނެގި ދުވަހު ސްޓެލްކޯއިން ބުނީ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލާއި ހެންވޭރު އަބަދަށްފެހިމަގާއި މެދުޒިޔާރަތް މަގާއި ކަޅުހުރާމަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ހިދުމަތް މެދުކެނޑުނު ކަމަށެވެ.

މި ފަހަކަށް އައިސް، މާލެ ސަރަހައްދުގައި އަޅާފައި ހުންނަ ކަރަންޓު ކޭބަލް ބުރިކޮށް ވަގަށް ގެންދިއުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް