އީރާންގެ އާ ރައީސް ޕެޒެޝްކިއަން (ފޮޓޯ/ރޮއިޓާސް)

އީރާން

ރައީސް އީރާނުގެ އާ ރައީސަށް: އަމާންކަމުގެ މަސައްކަތަށް ކުރިއެރުން އެދެން

އީރާނުގައި ބޭއްވި ރިޔާސީ އިންތިހާބުން ޕެޒެޝްކިއަން ކުރި ހޯއްދެވީ %53.3 ވޯޓުން

އީރާނާއިި އެ ގައުމު ނިސްބަތްވާ މެދުއިރުމަތީ ގައުމުތަކުގެ އަމާންކަން ދެމެހެއްޓުމަށް، އެ ގައުމުގެ އާ ރައީސް މައްސޫދު ޕެޒެޝްކިއަން ކުރައްވާ މަސައްކަތުގެ ކާމިޔާބީއަށް އެދޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި، އީރާންގެ ރައީސް ސައްޔިދު އިބްރާހީމް ރައީސީ އާއި އިސްވެރިންތަކެއް އަވަހާރަވުމުން، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން  ޕެޒެޝްކިއަން ކުރި ހޯއްދެވީ %53.3 ވޯޓުންނެވެ. ދެން އޭނާއާ ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިވަޑައިގެންނެވީ %44.3 ވޯޓެވެ.

އާ ރައީސްގެ މި ކާމިޔާބީއަށް ރައީސް މުއިއްޒު މިއަދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • ރާއްޖެ އާއި އީރާނާ ދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް

  • އަދި އީރާނާއި އެ ސަރަހައްދުގެ އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް، ޕެޒެޝިއާން ކުރައްވާ މަސައްކަތަށް ކާމިޔާބީއަށް އެދޭ ކަމަށް

އުމުރުން 71 އަހަރުގެ ޕެޒެޝްކިއަން އަކީ ހިތުގެ ޑޮކްޓަރެއްގެ އިތުރުން އެ ގައުމުގެ މަޖިލިސް މެމްބަރެކެވެ. އޭގެ އިތުރުން:

  • ކުރިން ނިއުކްލިއާ މަޝްވަރާތަކުގައި ނެގޯޝިއޭޓަރެއް ގޮތަށް މަސައްކަތް ކުރެއްވި 

  • އަދި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި

  • އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އީރާންގެ އަންހެނުން ހެދުން އަޅާ ގޮތް މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރަން ތިބޭ 'މޯރާލިޓީ ފުލުހުން'ނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް