އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ކޭރް ސްޓާމާ

އިނިގރޭސިވިލާތް

ލޭބާ ޕާޓީގެ ކާމިޔާބީއަށް ރައީސްގެ މަރުހަބާ

އާ ބޮޑުވަޒީރުގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަރައްގީގެ އާ ފަތިހެއް ފެންނާނެކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ލޭބާ ޕާޓީއަށް ކާމިޔާބުވުމާ އެކު އިންތިހާބީ ބޮޑުވަޒީރު ކެއިރު ސްޓާމާއަށް ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ލޭބާ ޕާޓީއަށް ލިބުނު ތާރީހީ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލް - އާ ބޮޑުވަޒީރުގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަރައްގީގެ އާ ފަތިހެއް ފެންނާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުން އުއްމީދުކުރަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތްކުރުމަށް،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާރު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް ލިބުނީ އެންމެ 136 ގޮނޑި އެވެ. ލޭބާ ޕާޓީ އިން މިހާތަނަށް 408 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. މިއީ ކޮންޒަވޭޓިވް ޕާޓީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް