ނައުޝާދު ނެންގެވި ގުޅީގެ ފޮޓޯ: މި ފޮޓޯ ވަނީ ވަަރަށް ބޮޑަށް ވައިރަލްވެފައި

ކ. ގުޅި

ތަޖުރިބާ ދަތުރެއްގައި މަހިބަދޫ އެސްޖީ ނެގި ގުޅީގެ ފޮޓޯ ޖަރުމަނުގެ ކަަލަންޑަރަށް

ނައުޝާދު ނެންގެވި މި ފޮޓޯޯ މިދިޔަ އަހަރު ވަރަށް ބޮޑަށް ވައިރަލްވި އަދި ޖަރުމަނުގެ މި އަހަރުގެ ކަލަންޑަރެއްގައި ވެސް ވަނީ ހިމަނާފައި

އދ. މަހިބަދޫ ކައުންސިލުން ކ. ގުޅިއަށް ކުރި ތަޖުރިބާ ދަތުރެއްގައި، އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނައުޝާދު ނެންގެވި ފޮޓޯއަށް ސަމާލުކަން ލިބި، އެ ފޮޓޯ ޖަރުމަނުގެ މަޝްހޫރު ކަލަންޑަރެއްގައި ހިމަނައިފި އެވެ.

ވީ ކިިހިނެއް؟ - މިދިޔަ އަހަރު ކުރެއްވި ކައުންސިލްގެ ދަތުރުގައި ނައުޝާދު ނެންގެވީ، ގުޅީގެ ފުޓްސަލް ދަނޑު ފެންނަ ގޮތަށް މަތިން ޑްރޯން ފޮޓޯއެކެވެ. ދަނޑުގެ އިތުރުން ރަށާއި މޫދު ފެންނަ ގޮތަށް ނަގާފައިވާ އެ ފޮޓޯ އޭނާ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެގޮތުން:

  • ފުޓުބޯޅައިގެ ފޮޓޯ އާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން އެ ފޮޓޯ ޕޯސްޓް ކުރި

  • ބައެއް އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓަށް އެތައް ލައްކަ ލައިކްސް ލިބުނު

  • ދުނިޔޭގެ ފުޓުބޯޅައިގެ ހަބަރުތަކާއި އިޝްތިހާރުތައް ގެނެސްދޭ އަދި މަޝްހޫރު ކުޅިވަރު ކުޅުންތެރިން ފޮލޯކުރާ '433' އިން ވެސް ވަނީ މި ފޮޓޯ ޕޯސްޓްކޮށްފައި

ނައުޝާދު ނެންގެވި ގުޅީގެ ފޮޓޯ އާއި ކަލަންޑަރު، އެ ރަށު ކައުންސިލާ ހަވާލުކުރައްވަނީ

ބުނީ ކީކޭ؟ - ގުޅީ ކައުންސިލުން މިއަދު ބުނީ، ޖަރުމަނުގެ އެންމެ މަޝްހޫރު އެއް މަޖައްލާ ކަމަށްވާ، '11 ފްރޮއެންޑެ'ގެ މި އަހަރުގެ ކަލަންޑަރުގައި މި ފޮޓޯ ހިމަނާފައިވާ ކަމަށެވެ. އެއީ ދުނިޔޭގެ އެންމެ ރީތި ފުޓުބޯޅަ ދަނޑުތަކުގެ ފޮޓޯ ހިމެނޭ ކަލަންޑަރެކެވެ. ކަލަންޑަރުގެ ޖުލައި މަހުގެ މި ފޮޓޯއަކީ ގުޅީގެ މި ހިތްގައިމު މަންޒަރެވެ.

 ނައުޝާދު މިއަދު ވަނީ އެ ކަލަންޑަރު، ގުޅީ ކައުންސިލަށް ހަދިޔާ ކުރައްވާފަ އެވެ.

ނައުޝާދު ނެންގެވި ގުޅީގެ ފޮޓޯ އާއި ކަލަންޑަރު، އެ ރަށު ކައުންސިލާ ހަވާލުކުރައްވަނީ

ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް މިއަދު ވިދާޅުވި ގޮތުގައި، މި ފޮޓޯގެ ސަބަބުން އެ ރަށް ވަރަށް ބޮޑަށް މަޝްހޫރުވާނެ އެވެ.

"ވަރަށް ބޮޑު އެކްސްޕޯޝާއެއް އަޅުގަނޑުމެންނަށް މި ލިބުނީ. ހާއްސަކޮށް ޖަރުމަނުގެ ޓޫރިސްޓުންގެ މެދުގައި ރަށް ވަރަށް ބޮޑަށް އިޝްތިހާރުވާނެ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ނައުޝާދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ނައުޝާދު ނަންގަވާ މި ފަދަ ބައެއް ފޮޓޯ، މީގެ ކުރިން ވެސް ވައިރަލްވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް