ޗަމްޕާ ބްރަދާސް އިން ތިން ރަށަކަށް ހަދިޔާކުރި ފިޒިއޮތެރަޕީ ސާމާނު (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ޗަމްޕާ ބްރަދާސް އިން 3 ރަށަކަށް ފިޒިއޮތެރަޕީ ސާމާނު ހަދިޔާކޮށްފި

ޗަމްޕާ ބްރަދާސްގެ އެހީތެރިކަމާ އެކު ތިން ރަށަކަށް ފިޒިއޮތެރަޕީ ފަރުވާގައި ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޒިއޮތެރަޕީ ސާމާނު ހަދިޔާ ކުރީ ޅ. ކުރެންދޫ އާއިި ހިންނަވަރުގެ އިތުރުން ހއ. ހޯރަފުށީ ސިއްހީ މަރުކަޒުތަކުގައި ބޭނުން ކުރުމަށެވެ.

ތަފްސީލު - މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ އެ ތަކެތީގެ ފައިދާ ކުރާނީ ހަމައެކަނި އެ ރަށްތަކުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެ ރަށްތަކާ ކައިރީ ދިރިއުޅޭ ރައްޔިތުންނަށް ވެސް ފިޒިއޮތެރަޕީގެ ހިދުމަތް ހޯދަން ދުރަށް ދަތުރު ކުރަން ޖެހޭ ޖެހުމަށް ނިމުން އަންނާނެ ކަމަށެވެ.

މިނިސްޓަރު ވަނީ އެ ސާމާނު ތިން ރަށަށް ހަދިޔާ ކުރެއްވި ކަމަށްޓަކައި ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހަލީލު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް އެންމެ ބޮޑު ލޮޅުމެއް އެރީ ކޮވިޑު19ގެ ދުވަސްވަރު ކަމަށާއި އޭރު ޕްރައިވެޓު ސެކްޓާއިން ސިއްހީ ދާއިރާއަށް ދިން އެހީ އަކީ އެ ހާލަތުން އަވަހަށް އަރައިގަނެވުނު އެއް ސަބަބު ކަމަށެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވާހަކަ މި ދެންނެވީ. އޭގެ ތެރެއިން އެއް ތަނުގެ ވާހަކަ. ޓްރީޓޮޕް ހޮސްޕިޓަލް ވަނީ އަޅުގަނޑު ހަނދާން ބަލިނޫން ކަމަށްވާ ނަމަ ތިން މަސް ދުވަހަށް އެއްވެސް ޝަރުތަކާ ނުލާ ދިވެހި ރައްޔިތުންނަށް ހުޅުވާލާ އެ ވޭނުން އަރައިގަތުމަށް ޓަކައި ހިދުމަތަށް ހުޅުވާލާފައި އޭރުގައި،" ޗަމްޕާ ބްރަދާސްގެ ހިއްސާއާ އެކު ހިންގާ ހޮސްޕިޓަލަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް