ޓްރާންސްފޯމަރުގެ ކޭބަލް ބުރިކޮށްލާފައި

ސްޓެލްކޯ

ކޭބަލެއް ބުރިކޮށްލައި ވަގަށް ނެގުމުން، ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ޓްެރާންސްފޯމަރުގެ އެއް ކޭބަލް ވަގުން ބުރިކޮށްލައިގެން ވަގަށް ގެންދިޔަ އިރު، ދެ ވަނަ ކޭބަލެއް ބުރިކޮށްލުމަށް ވެސް ވަނީ މަސައްކަތްކޮށްފައި

މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯ ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމަށް ބުރިކޮށްލުމުން އެ ސަރަހައްދުން ކަރަންޓު ގޮސްފި އެވެ.

ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި އެ މައްސަލަ އެތަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:12ގަ އެވެ. ކަރަންޓު ދޫކުރާ ކޭބަލްތައް ބުރިކޮށްލައި، ކޭބަލެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ކޭބަލް ބުރިކޮށްލުމާ އެކު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ގޮސްފަ އެވެ. އެ ކުންފުނިން ބުނީ:

  • ހެންވޭރުގެ އަބަދަށްފެހިމަގާއި މެދުޒިޔާރަތްމަގާއި ކަޅުހުރާމަގާއި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑުނު ކަމަށް

  • އަދި އާ ކޭބަލެއް އަޅައި، ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު އެކްސްގައި ވިދާޅުވީ، ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ނެގުމަށް ފަހު، އަނެއް ކޭބަލް ބުރިކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާ ހިއްސާ ކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި ދެ ވަނަ ކޭބަލް ވެސް ބުރި ނުވެ އިނީ ކިރިޔާ އެވެ.

މި ފަހަކަށް އައިސް، މާލެ ސަރަހައްދުގައި އަޅާފައި ހުންނަ ކަރަންޓު ކޭބަލް ބުރިކޮށް ވަގަށް ގެންދިއުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް