މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ލިބުން ލަސްވެގެން އައްޑޫ ހުޅުމީދޫގައި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން

މިފްކޯ

ފައިސާ ދޭން ފެށުމުން އައްޑޫ މަސްވެރިން މުޒާހަރާ ހުއްޓާލައިފި

މިފްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކުރަން ފަށާފައިވާ ކަމަށް

އޮޑިވެރިންނަށް ފައިސާ ދޫކުރަން މިއަދު ފެށުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދިޔަ މަސްދޯނިތަކުން މުޒާހަރާ ހުއްޓާލައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ ފައިސާ ޖަމާކުރަން ފަށާފައިވާ ކަމަށް މިފްކޯ އިން މިއަދު  ވަނީ ބުނެފަ އެވެ.

ތަފްސީލް - އެ ކުންފުނިން މަސްވެރިން އަތުން ކިރާފައިވާ މަހަށް މިދިޔަ ތިން މަހެއްހާ ދުވަހު ފައިސާ ނުލިބޭ ކަމަށް ބުނެ، މަސްވެރިން ވަނީ އައްޑޫގައި މުޒާހަރާކޮށްފަ އެވެ.

މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ.

ފައިސާ ޖަމާކުރަން ފެށުމާ އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ 15 މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން 10 ދުވަހަށް ކުރި މުޒާހަރާ މިއަދު ހުއްޓާލާފައިވާ ކަމަށް ވެސް މިފްކޯ އިން ފޮނުވި މެސެޖެއްގައި ބުންޏެވެ.

ފާހަގަ ކުރެވޭ - ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވަނީ ދަށްވެސް ކޮށްފަ އެވެ. މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ. 

ނަމަވެސް، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބެލުމަށް ފަހު މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާ ގޮތަށް މިފްކޯއިން ވަނީ އިއްޔެ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް