ފުލުހުންތަކެއް މަގުމަތީ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ފުލުހުން

މާރާމާރީއާ ގުޅުން ހުރި ފުޓޭޖު ރިކަވާ ކުރެވުނުތޯ ބަލަނީ

މައްސަލައިގެ ތަހުގީގުގައި ދިރާސާކުރި ކެމެރާ ފުޓޭޖުތަކުގެ ތެރެއިން އެންމެ ސާފީ ޕޮލިސް ކެމެރާ ފުޓޭޖު ނަމަވެސް އެ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއްވެސް ކެމެރާއެއްގެ ފުޓޭޖު ނެގިފައެއް ނުވޭ

މާރާމާރިއަކާ ގުޅުން ހުރި ފުޓޭޖުތައް ގެއްލުމުން އެ މައްސަލާގައި ދައުވާ ލިބޭ އެންމެން ސަލާމަތްވި މައްސަލައާ ގުޅުން ހުރި ފުޓޭޖުތައް، 2017 ވަނަ އަހަރު ފުލުހުންގެ ގިނަ ކްރިޓިކަލް ޑޭޓާތައް ގެއްލުނު މައްސަލައާ ގުޅުން ހުރިތޯ ބަލަމުންދާ ކަމަށް ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭގައި ކެފޭއެއްގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތަފްސީލް - އެ މައްސަލާގައި ކޯޓުން ކުރި ހުކުމްގައި ބުނީ، މައްސަލައިގެ ތަހުގީގުގައި ދިރާސާކުރި ކެމެރާ ފުޓޭޖުތަކުގެ ތެރެއިން އެންމެ ސާފު ޕޮލިސް ކެމެރާ ފުޓޭޖު ކަމަށާއި ނަމަވެސް އެ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއްވެސް ކެމެރާއެއްގެ ފުޓޭޖެއް ނެގިފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ހަރަކާތްތައް ފުލުހުންގެ ކެމެރާ ފުޓޭޖުން އެނގެން އޮތް ނަމަވެސް ކެމެރާގެ ބެކްއަޕް ނެގެން އޮތީ ބޮޑު ހަރަދެއް ކޮށްގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެހެންވެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެއްވެސް މީީހެއްގެ ވީޑިއޯޯ ކޮމްޕެރިޒަން ހަދާފައިނުވާ ކަމަށް ވެސް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ފުލުހުންގެ އަތުން ވީޑިއޯ ފޫޓޭޖުތައް ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް މައްސަލައެއް ދިމާވެ، ފުލުހުންގެ ބައެއް ޑޭޓާ ގެއްލިފައިވާ ކަމަށެވެ.

"މިހާދިސާ ދިމާވުމުން ގިނަ ކްރިޓިކަލް ޑޭޓާ ރީސްޓޯ ކުރެވުނު. އެ ހާދިސާއާ ގުޅޭ ގޮތުން، މިފުޓޭޖާ ގުޅުންހުރިތޯ މިދަނީ ބަލަމުން،" 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް