2015ވަނަ އަހަރުގެ ރަންޔޫބިލްގައި އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން(ފައިލް ފޮޓޯ ސޯޝަލް މީޑިއާ)

ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުން މުހިންމު: މުއްތަލިބު

މުއްތަލިބު ވިދާޅުވީ ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުން މުހިންމުވަނީ އެތަނަކީ ވަރަށް ގިނަ ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވާތީ ކަމަށް

އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި މާލޭގެ ރަސްމީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާތީ އަމާޒުވާ ފާޑުކިއުންތަކަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ގައުމު ހިންގާނެ ފައިސާ ނެތްއިރު އަދި މިދިޔަ ސަރުކާރު ނިންމާލީ ދައުލަތުގެ ހަޒާނާ "ލޫޓުވާލާފައި" ކަމަށް މި ސަރުކާރުން ބުނާއިރު، ބަޔަކު ނުލާހިކު ރީއްޗަށް ވަރުގަދަކޮށް ހަދާފައި ހުރި ފާލަމެއް "ތަޅާ ސުންނާފަތި"ކޮށްފައި ބޭކާރު ހަރަދުތަކެއް ކުރަނީ ކީއްކުރަންތޯ ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

8 މޭ 2024-ރަސްމީ އިއްޒުއްދީން ފާލަން މަރާމާތު ކުރަމުންދާ މަންޒަރުތަ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ތަފްސީލް - އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި މުއްތަލިބު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފާލަމުގެ މަތީބައި އަލުން މަރާމާތު ކުރުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ 14 އޮގަސްޓުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އެތަން މަރާމާތުކުރަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމީ، އަހަރުތަކެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެވެ.

"ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާ އެކު މިފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެކެވެ." އެކްސްގައި ކުރެއްވި ޕޯސްޓު ނިންމާލައްވަމުން މުއްތަލިބު ލިއުއްވާފައިވެ އެވެ.

8 މޭ 2024-ރަސްމީ އިއްޒުއްދީން ފާލަން މަރާމާތު ކުރަމުންދާ މަންޒަރުތަ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އެނގުން މުހިންމު - މާލޭ ރަސްމީ ފާލަން މިހާރު އެހުރި ޑިޒަނުގައި ހަދައި ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެތަން އޭރު މަރާމާތުކޮށް އަލުން ހެދީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރި އިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ފާލަން 2017ގައި ވެސް ވަނީ މަރާމާތުކޮށްފަ އެވެ.

އެތަނުގެ އަލުން މަރާމާތުކޮށް ޑިޒައިން ބަދަލުކުރަން ނިންމައި، މަރާމާތަށް އެތަން މިހާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ. ފާލަން ބަންދުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަނުގައި ހަރުކޮށްފައިވާ ޕޯސްޓަރެއްގައިވާ ގޮތުން:

  • ފާލަން މަރާމާތު ކުރަން 11.7 މިލިއަން ރުފިޔާ ހޭދަވޭ 

  • ފާލަމަށް ގެންނަ ބަދަލުގެ ކުރެހުމުގައިވާ ގޮތުން ދޯނީގެ ރިޔާ ސިފަވާ ގޮތަށް ހުރި ތިން ސަތަރި ފުރާޅުގެ ބަދަލުގައި ހުންނާނީ ކުރިއެކޭ ވެސް އެއްގޮތަށް އާދައިގެ ތިން ފުރާޅު

ކޮމެންޓް (1)

ޙަރަދު ކުޱަކުރުން 1

29 ޖޫން 2024
ޙަރަދު ކުޱަކުރަން އަޅާ ފިޔަވަޅުތައް. 1. ބޮޱުފާލަން އެޅުން. 2. ހިލޭ ގޯތިބެހުން 3. ނުކަތާވަރައް ސިޔާސީ ވަޒީފާ އުފެއްދުން 4. އިރުއިރުކޮޅާ ހަވާއެރުވުން
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް