އައިޖީއެމްއެޗުގެ ޑޮކްޓަރު އަނާން

ކެންސަރު

ކެންސަރަށް ފަރުވާ ދެއްވާ ޑރ. އަނާން އަވަހާރަވެއްޖެ

އޭނާ އަކީ އައިޖީއެމްއެޗުގައި މަސަކަތް ކުރެއްވި ޒުވާން ޑޮކްޓަރެއް

ރާއްޖޭގައި ކެންސަރަށް ފަރުވާ ދެއްވާ ޒުވާން ޑޮކްޓަރު، އަނާން ޝަފީއު ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑރ. އަނާން ،28، މަސައްކަތް ކުރައްވަމުން އައީ، އައިޖީއެމްއެޗުގައި ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގަ އެވެ. އޭނާ އަވަހާރަވީ ކިހިނެއްކަން އަދި ސާފެއް ނުވެ އެވެ.

ޑރ. އަނާންގެ ކުއްލި ވަކިވުން، ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ސިފަ ކުރެއްވީ ފޫނުބެއްދޭނެވަރުގެ ހުސްކަމެއްގެ ގޮތުގަ އެވެ.

"އެއީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން. އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް ވެސް އުއްމީދެއް ގެނެސްދޭ، ބައްދަލުވި ކޮންމެ މީހަކަށް ވެސް ރަހުމު ކުރެއްވި މީހެއް،" ޑރ. ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑރ. އަނާން އަބަދުވެސް މަސައްކަތް ކުރެއްވީ ބަލިމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެއްވުމަށެވެ. އެއީ މީހުންނަށް ރަހުމުކުރައްވައި، އޯގާތެރިކަން އިސްކުރެއްވި ޑޮކްޓަރެއް ކަމަށް ވިދާޅުވި އެވެ. އަދި ޒުވާން ޑޮކްޓަރުގެ ސާދާ ކަމާއި ލަދުވެތިކަމަކީ ވެސް ފާހަގަކޮށްލެއްވާ ރިވެތި ސިފަތަކެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތުގައި އަބަދު ވެސް ޑރ. އަނާން ވާނެ،" ޑރ. ޝިފާން ވިދާޅުވި އެވެ.

އެނގުން މުހިއްމު - މިދިޔަ މޭ މަހުގެ ތެރޭގައި، އައިޖީއެމްއެޗުގެ ޑޮކްޓަރު، އައިމިނަތު ރަމްޝާ ވެސް ވަނީ އަވަހާރަވެފަ އެވެ. ޒުވާން އެ ޑޮކްޓަރު އަވަހާރަވީ ކެންސަރު ބަލީގަ އެވެ.

ކޮމެންޓް (3)

ޢަޅާ

27 ޖޫން 2024
ދިވެހި ރާއްޖޭގައި ޑރ. ޝިފާން އާއި ޑރ.އަމުރު ފިޔަވައި އިތުރު އޮންކޮލޮޖީ ޑޮކްޓަރެއް ހުންނަކަން މި އެނގުނީ... މަރުހޫމާއަށް ސުވަރުގެގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.
6 1

ޏަނަަ

26 ޖޫން 2024
މި ޑރ އަވަހާރަވީ ކޮން ބައްޔެއްގަތޯ؟ ސައްހް ޚަބަރު ގެނެސްދެއްވާ
6 12

ައާލިމް

26 ޖޫން 2024
ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެ! އަދި ކޮންމެ މަރަކީވެސް ދިރިތިބީންނަށް ފިލާވަޅެއް ކަމުގައި ނޫނީ ނުވާނެ! މަރުހޫމާގެ ފާފަ ފުއްސަވާ ކައްވަޅު ފަސޭހަ ކުރައްވާށި! ކުއްލި މަރުތައް ހާދަ ގިނަވެެއްޖޭ! ދުނިޔެ ނިމިދަނީ ތޯއްޗެއް!
19 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް