ހައްޖުގެ އަޅުކަން ނިންމާފައި ހައްޖު ވެރިން ރާއްޖެ އައުމުން އާއިލާތަކުން ބައްދަލުކުރަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)

ސިއްހަތު

ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 8 އަކުން، ރޭގަނޑު 8 ޖަހަންދެން އެތަނުން ކްލިނިކުން ހިދުމަތް ދޭނެ ކަމަށް

ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް، އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟- އައިޖީއެމްއެޗުން މިރޭ ބުނީ، މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ދޭނެ ކަމަށެވެ. ހިދުމަތް ދޭނެ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ:

  • ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އަށް

  • ހިދުމަތް ދޭނީ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް 10އަކުން

އެނގުން މުހިއްމު- ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އައިތަނާ ބަލި ހާލަތު ދަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހަވީރު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) އަށެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތުތަކެއްގައި އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.

ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި ދިޔަ ބައެއް އެހެން ގައުމުތަކުގެ މީހުންގެ ގައިން ވެސް މި ބަލި ވަނީ ފެނިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް