މިހާރު ކުރަމުން ދާ ވިއްސާރައިގައި މާލޭގައި ބޮޑުވި ފެން ހިންދަން ސިފައިންގެ މީހަކު މަސައްކަތް ކުރަނީ (ފޮޓޯ/އެމްއެންޑީއެފް)

މޫސުން

އަދިވެސް ވިއްސާރަ ހުއްޓާނުލާ؛ ފެން ހިންދަން ސިފައިން ނުކުމެއްޖެ

ރޭ ދަންވަރުއްސުރެ މާލެއަށް ދަނީ ވާރޭ ވެހެމުން

ރޭ ދަންވަރުއްސުރެ މާލެއަށް ވެހެމުން ދިޔަ ވާރޭ އަދިވެސް ހުއްޓާނުލާއިރު، މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށް ސިފައިން ނުކުމެއްޖެ އެވެ.

ވީ ކިހިނެއް؟- ރޭ ދަންވަރާއި ފަތިސް ގަޑީގައި މާލެއަށް ބޯކޮށް ވެހުނެވެ. ހެނދުނު ވީއިރު ތުނިކޮށް ވާރޭ ވެހުނު ނަމަވެސް، ގިނަ މަގުތަކެއްގައިހެން އޮތީ ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ:

  • މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް 

  • ސިފައިން ފެން ހިއްކަމުން އަންނަނީ، ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަަރަކުހެން އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ކައިރި އާއި ވެސްޓްޕާކް ސަރަހައްދުން

މި ގޮތަށް ވާރޭ ވެހޭ ކޮންމެ ފަހަރަކުހެން އެ ސަރަހައްދުތަކުން ސިފައިން ފެން ހިއްކަން ޖެހެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނިގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 51.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މިހާރު ކުރަމުން ދާ ވިއްސާރައިގައި މާލޭގައި ބޮޑުވި ފެން ހިންދަން ސިފައިންގެ މީހަކު މަސައްކަތް ކުރަނީ (ފޮޓޯ/އެމްއެންޑީއެފް)

މާލޭގެ އިތުރުން މެދު ރާއްޖެ ތެރެ އާއި އުތުރުގެ ރަށްތަކަށް ވެސް ރޭ ވާރޭ ވެހުނެވެ.

މެޓުން ބުނިގޮތުގައި  ވޭތުވެ ދިޔަ 24 ގަޑިިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ތޮއްޑުއަށެވެ. އެގޮތުން:

  • 64.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ

  • ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށް، އެއީ 58.6 މިލިމީޓަރުގެ ވާރޭ

  • މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިހާރު އޮތީ ވައިޓް އެލާޓް ނެރެފައި

މީގެ ދެ ދުވަސް ކުރިން މެޓުން ބުނިގޮތުގައި މިއަދަށް ފަހު މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް