އެލިއާ އިން އެންވަޔަރަމެންޓު މިނިސްޓްރީ އަށް 150 ހޯސްޕަވަރުގެ އިންޖީނެއް ހަދިޔާ ކުރުން

އެލިއާ އިން އެންވަޔަރަމެންޓް މިނިސްޓްރީ އަށް އިންޖީނެެއް ހަދިޔާ ކޮށްފި

އެންވަޔަރަމެންޓު މިނިސްޓްރީން ބަލަހައްޓާ ބަޔޮސްފިއާ ރިޒާވަށް އެލިއާ އިންވެސްޓުމެންޓުގެ ފަރާތުން 150 ހޯސްޕަވަރުގެ އިންޖީނެއް ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި:

  • އިންޖީނު ހަވާލުކޮށްދެއްވީ އެލިއާ އިންވެސްޓުމެންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ

  • އިންޖީނާ ހަވާލުވެ ވަޑައިގަތީ އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު

ތަފްސީލް - އިންޖީނު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ އެލިއާ އިންވެސްޓްމެންޓުގެ ވިޔަފާރިއަށް 60 އަހަރުވުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އެންވަޔަރަމެންޓު މިނިސްޓްރީ އަށް ހަދިޔާކުރި ފުރަތަމަ އަދި އެންމެ އަގުހުރި ހަދިޔާ ކަމަށެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވު ދެމެހެއްޓެނިވި ގޮތަކަށް ބަލަހައްޓަނީ އެންވަޔަރަމެންޓު މިނިސްޓްރީގެ ޑިޕާޓުމެންޓަކުންނެވެ.

އެ މިސަރަހައްދު ބެލެހެއްޓުމަށް އެލިއާއިން ހަދިޔާ ކުރި އިންޖީނަކީ ފައިދާހުރި ވަސީލަތަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލިއާގެ ވިޔަފާރި އަށް 60 އަހަރު ފުރުން މި އަހަރު ފާހަގަ ކުރާއިރު އެލިއާ އަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ.

ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު އެލިއާއިން ތައާރަފުކޮށް، ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަތާ 50 އަހަރު ފުރުން ވެސް މިއަހަރު ފާހަގަ ކުރާނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް