އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ރަސްމީ ފަރިއްކޮޅުގައި ރައީސް މުއިއްޒު ބައިވެެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާ ދަތުރުން ކުރިމަގުއި ރާއްޖެއަށް މަންފާވާނެ: ރައީސް

ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިވާނެ ކަމަށާއި ރާއްޖެ އަށް ރަނގަޅު ކަންތައްތައް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފަހިވާނެ ކަމަށް ރައީސް ވިދާޅުވި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެ އަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޯދީ ހުވާކުރެއްވުމުގެެ ރަސްމިއްޔާތަށް ރައީސް އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.

ތަފްސީލް - އިންޑިއާ ދަތުރުފުޅަށް ފަހު، އެ ގައުމުގައި ހުންނަވައިގެން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ ދަތުރަކީ މި ސަރަހައްދުގެ ގައުމުތަކަށް ވެސް މުހިއްމު ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގެ ސަބަބުން ދިވެހިންނަށް މަންފާވާ ކަންކަމުގެ ދޮރުހުޅުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ރާއްޖެެ އަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން. ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ދިވެހިންނަށް ހެވާއި ލާބަ ލިބޭގޮތަށް އަޅުގަނޑުމެންގެ ދެގައުމުގެ ގުޅުމުގެ ތެރެއިންް ކަންކަން ފަހިވެގެންދާނެ." ރައީސް ވިދާޅުވި އެވެ.

"ވަރަށް އުފާކުރަން އަޅުގަނޑަށް މި ދައުވަތު ދެއްވި ކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރަށް."

ފާހަގަކޮށްލެވޭ - ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ކޮމެންޓް (1)

ކެއްޔެ

11 ޖޫން 2024
ސިޔާސީ މަސައްކަތަކީ ހުތުރުކަން ބޮޑު ދަށުދަރަޖައިގެ މަސައްކަތެއް. އިންޑިޔާ ސިފައިން "ބޭލުން" އެއީ އޭގެ މިސާލެއް. ނަމަވެސް މިއީ ޑާޓީ ޕޮލިޓިކްސް ނުވެސް ފެތޭ އާދައިގެ ކަމެއް. ދެން އަސްލު ޑާޓީ ޕޮލިޓިކްސް އޮންނާނެ ގޮތް ވިސްނާލަބަލަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް