ކުޅުދުއްފުށި މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވޭ

ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މި ފަހަރު އޮތީ 20،000ރ.ގެ އަތާއަތާލުމުގެ މުބާރާތެއް

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮތީ ހުޅުވާލާފައި

މި އަހަރުގެ ބޮޑު އީދުގައި، ހދ. ކުޅުދުއްފުށީގައި އަގުބޮޑު އަތާއަތާލުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ރަށުގެ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ، ކުއަންޓަމް ގުޅިގެން ބާއްވާ މި މުބާރާތުގެ އަގަކީ ޖުމްލަ 20،000ރ. އެވެ. އެގޮތުން:

  • އެއް ވަނަ ހޯދާ މީހާއަށް އިނާމުގެ ގޮތުގައި 10،000ރ. ދޭ

  • ދެ ވަނައަށް 5،000ރ. 

  • ތިން ވަނަ އާއި ހަތަރު ވަނައަށް، 2،500ރ. ދޭ

މިއީ އަހަރުތަކަކަށް ފަހު ކުޅުދުއްފުށީގައި ބާއްވާ މި ފަދަ ފުރަތަމަ މުބާރާތެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި މުބާރާތް އޮތީ މުޅި ރާއްޖެއަށް ހުޅުވާލާފަ އެވެ. ދިވެހިންނާއި ބިދޭސީންނަށް ބައިވެރިވެވޭ މި މުބާރާތުގެ ހަމައެކަނި ޝަރުތަކީ، ކަނާއަތުން ކުޅުމެވެ.

މިރޭ 9 ޖެހުމާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮތް އަތާއަތާލުމުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދުގެ ކޮންމެ ދުވަހެއްގެ ވެސް ހަވީރު، އެ ރަށު ހިއްކި ބިމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް