ހުޅުމާލޭ ފޮގު ކުރަން ފެށުން. (ފޮޓޯ/އާބަންކޯ)

ޑެންގީ

ޑެންގީ ބާރަށް ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

އެެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މި ދުވަސްވަރު ޑެންގީ ފެތުރެމުންދާ މިންވަރު މާބޮޑު

މިދުވަސްވަރު އަނެއްކާ ވެސް ވަރަށް ބާރަށް ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފި އެވެ. 

ވީ ކިހިނެއް؟- މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި މި ބަލި، ކޮންމެ ވިއްސާރަ މޫސުމެއްގައި ވެސް ވަރަށް ބޮޑަށް ފެތުރިގެންދެ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އެހެން އަހަރުތަކުގެ މި ދުވަސްވަރަށް ވުރެ، މިދިޔަ ތިން ހަފުތާގައި ބަލި ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު މާގިނަ އެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު:

  • މިދިޔަ އޭޕްރީލް މަހު ޑެންގީ ޖެހިގެން ރިޕޯޓު ކުރީ 247 މީހުން. އެކަމަކު މިދިޔަ މަހު އެ އަދަދު ވަނީ 610އަށް އިތުރުވެފައި

  • މިދިޔަ އަހަރުގެ އޭޕްރީލް މަހު ބަލި ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު  330އަށް އެރި ނަމަވެސް ޖެހިގެން އައި މަހު އެ އަދަދު ވަނީ ދަށްވެފައި

"ވޭތުވެ ދިޔަ އަހަރުތަކާ އަޅާބަލާއިރު ވެސް މިދުވަސްވަރު އިންތިހާއަށް [ޑެންގީ ކޭސްތައް] ގިނަ،" އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި އެވެ. 

"މަދިރިން ރައްކާތެރިވެލައްވާ."

ޑެންގީ ހުމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ޑެންގީއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން.

  • ބޭނުންކުރާ ރެޕެލެންޓްގައި މި މާއްދާތައް ހުރުން މުހިއްމު: DEET, Picardin (KBR3023 or Icaridin), IR3535, OLE, PMD nd 2-undecanone 

  • މަދިރި އެންމެ ގިނަވާ ފަތިސް ވަގުތާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުން

  • ހުސް ފުޅި އާއި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުން. މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އަލާވުމަށް މަގުފަހިވޭ

ކޮމެންޓް (1)

އަދިވެސް

11 ޖޫން 2024
ކޮންމެ އަހަރަކުވެސް ފުރާނަތަކެއް ގެއްލޭ މިބަލީގަ...ގިނައީ ތުއްތުކުދިން..ކޮން އިރަކުންބާ ވެކްސިން ގެންނަވާނީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް