ބަންޑާރަނައިބު މުހައްމަދު އުޝާމް: މި ދައުރުގައި މަޖިލީހަށް ހުށަހަޅާ 37 ބިލުގެ ލިސްޓެއް ރައީސް އޮފީހުން ވަނީ މަޖިލީހަށް ފޮނުވާފައި

ގާނޫނުއަސާސީ އިސްލާހު ކުރުމާއެކު މި ދައުރަށް 37 ބިލެއް ހުށަހަޅަނީ

މިދިޔަ ދައުރުގައި ފޮނުވި ލިސްޓުގައި އޮތީ 24 ބިލެއް؛ މިފަހަރު ފޮނުވި ލިސްޓުގައި ހިމެނޭ ގިނަ ބިލުތަކަކީ ކުރީގެ ލިސްޓުގައި ހިމެނޭ ބިލުތައް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދެ ވަނަ ދައުރަށް ގާނޫނުއަސަސީއަށް އިސްލާހު ގެނައުން ހިމެނޭ ގޮތަށް 37 ބިލެއް ހުށަހަޅާނެ ކަމަށް ސަރުކާރުން މަޖިލީހަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދުގެ ދަށުން ކޮންމެ ދައުރެއް ފެށުމާ އެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސްއަށް ފޮނުވަން ޖެހެ އެވެ.

މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރަށް ސަރުކާރުން ހުށަހަޅާނެ ބިލްތަކުގެ ގޮތުގައި 37 ބިލުގެ ލިސްޓެއް ސަރުކާރުން ފޮނުވާފައިވާ ކަަމަށެވެ.

ތަފްސީލު - ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނަސީރު ސޮއިކޮށް، މަޖިލީހަށް ފޮނުވި އެ ލިސްޓުގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

އެ ލިސްޓުގައި އެންމެ ބޮޑު ބިލަކަށް އޮތީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ. ނަމަވެސް އެއީ ކޮން އިސްލާހެއްކަމެއް ރައީސް އޮފީހުން ވެސް އަދި ބަންޑާރަނައިބު އޮފީހުން އަދި ހާމައެއް ނުކުރެ އެވެ. 

ރައީސް އޮފީހާ މިކަމާ ގުޅޭ ގޮތުން އެ ސުވާލަށް އަދި ޖަވާބެއް ވެސް ނުލިބެ އެވެ.

ސަރުކާރުން ހުށަހަޅަން ގަސްތު ކުރާ ބިލުތައް:

  • 1-

    ސޮވެރިން ޑިވަލޮޕްމަންޓް ފަންޑުގެ ބިލު

  • 2-

    ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު

  • 3-

    ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 4-

    ބޯހިޔާވަހިކަމުގެ ބިލު

  • 5-

    ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލު

  • 6-

    އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓުގެ ބިލު

  • 7-

    ބިމުގެ ބިލު

  • 8-

    ނަފްސާނީ ސިއްހަތުގެ ބިލު

  • 9-

    ދަތުރު ރާވާ ހިންގުމުގެ ހިދުމަތް ދިނުމުގެ ބިލު

  • 10-

    ބިނާވެށި ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު

  • 11-

    ޖިނާއީ އިޖުރާއަތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 12-

    ގާނޫނުލްއުގޫބާތަށްއިސްލާހުގެނައުމުގެ ބިލު

  • 13-

    ފޮރިން އިންވެސްޓްމަންޓްގެ ބިލު

  • 14-

    ރާއްޖޭގެ މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 15-

    ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު

  • 16-

    ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު

  • 17-

    ދައުލަތުގެ ދަންޏާ ގުޅޭ ބިލު

  • 18-

    ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 19-

    ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 20-

    ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 21-

    މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 22-

    ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 23-

    މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 24-

    ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 25-

    އިންޑަސްޓިރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 26-

    މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 27-

    މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު

  • 28-

    އެންޓި- ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 29-

    ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުަ

  • 30-

    ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު

  • 31-

    ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 32-

    ޖަނަވާރުގެ ސިއްހަތާބެހޭ ބިލު

  • 33-

    އެޓާނީ ޖެނެރަލް އޮފީހުގެ ބިލު

  • 34-

    އިންޝުއަރެންސާބެހޭ ބިލު

  • 35-

    އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 36-

    ތައުމީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މި 37 ބިލުގެ ތެރެއިން ބައެއް ބިލުތަކަކީ، މިދިޔަ ފެބްރުއަރީ މަހު ފެށި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްތުކޮށް ފޮނުވި 24 ލިސްޓުގެ ބިލުތަކުގެ ތެރޭގައި ހިމެނޭ ބިލުތަކެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް