ފަސްޓްލޭޑީ ސާޖިދާގެ ދޮންބައްޕާފުޅު އަލީ އިބްރާހިމް

ފަސްޓް ލޭޑީ ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވެއްޖެ

އަލީ އިބްރާހިމްގެ މޫނު ދެއްކުމާއި ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި؛ ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށް ފަހު

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސާޖިދާގެ ދޮން ބައްޕާފުޅު، އަލީ އިބްރާހިމް، ގުލްޝަންކިނާރާ/ދ. މީދޫ އަވަހާރަވީ ރޭ ފަތިހު އެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 78 އަހަރެވެ.

ތަފްސީލް - އަލީ އިބްރާހިމްގެ މޫނު ދެއްކުމާއި ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ. ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މއ. އާސަހަރާގަ އެވެ.

ރައީސް މުއިއްޒު ވަނީ އަލީ އިބްރާހިމްގެ ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެދިނުމަށް އެދިވަޑައިގެންފަ އެވެ.

ރައީސްގެ އަނބިކަނބަލުންގެ ދޮންބައްޕާފުޅު އަވަހާރަވުމުން ވެރިކަން ކުރާ ޕީއެންސީ އާއި ޕީޕީއެމް އިން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް