ފުވައްމުލަކަށް ގެންދިޔަ ހިލަ ބާޖެއް ފަރަށް އަރާފައި--ފޮޓޯ/ސޯޝަލް މީޑިއާ

އީޕީއޭ

ފަރަށް އެރި ޓަގެއް 20 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޓަގާ އެކު އައި ބާޖު ވެސް ހަމަ އެ ފަރަށް އެރި، އެކަމަކު ބާޖުގެ ސަބަބުން ގެއްލުމެއް ނުލިބޭ ކަމަށް އީޕީއޭއިން ބުނި

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. ދިޔަނެރު ފަރަށް އެރި 'އޭއެމް އެޑްވޭ" ޓަގު، 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟- ޓަގާ އެކު ރާއްޖެ އައި ބާޖު، 'އެރޮން' ވެސް އެ ފަހަރު ދިޔަނެރު ފަރަށް އެރި އެވެ. ޖެހިގެން އައި ދުވަހު އުޅަނދުތައް ފުން ކުރި ނަމަވެސް ހަމަ އެ ހަފުތާ ތެރޭގައި ވަނީ އެ ހާދިސާގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ސާވޭކޮށްފަ އެވެ.

ތަފްސީލް - އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • އުޅަނދުތައް ފަރަށް އެރި ސަރަހައްދު ބެލުމުން، ޓަގު އެރި ސަރަހައްދުގެ 804 އަކަމީޓަރަށް ބޮޑެތި ގެއްލުންތައް ލިބި ހަލާކުވި

  • ބާޖު އެރި ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުލިބޭ

  • ސާވޭ ކުރީ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަން ކުރި ސާވެޔަރުންނާ ގުޅިގެން

ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން، އުޅަނދުގެ ވެރިފަރާތް ކަމަށްވާ 'ދި މިޑްލް އީސްޓް މެރިން އެލްއެލްސީ' 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާއިން، މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި މި ފައިސާ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ.

ފާހަގަކޮށްލެވޭ - އެކި މަޝްރޫއުތަކުގެ މަސައްކަތް ކުރުމުގެ ތެރެއިން ބާޖު ފަރަށް އަރައިގެން ލިބޭ ގެއްލުމުގައި މީގެ ކުރިން ވެސް އީޕީއޭއިން ވަނީ އެންމެ ބޮޑު އަދަދުން ބައެއް ހާލަތްތަކުގައި ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން، ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ހިލަވެލި ހިފައިގެން ގޮސް އުޅެނިކޮށް ފަރަށް އެރުމުން ފިލި ބާޖު އީޕީއޭއިން ވަނީ 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް