މަޖީދިއްޔާ ސުކޫލް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެ

އެ ދަރިވަރުގެ ކޮންޓެކްސްޓްސް ދެނެގަނެ ޓެސްޓު ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނި

މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ނަޖާ ހާލިދު މިއަދު 'ދައުރު'އަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލް އަށް އަމަލު ކުރަމުންދާ ކަމަށެވެ.

ތަފްސީލް - "އެބޭފުޅުންގެ ލަފަޔާ އެއްގޮތަށް އެ ކޭސް އަށް ދަނީ އެޓެންޑު ވަމުން،" ނަޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ދަރިވަރުގެ ކޮންޓެކްޓުން ދެނެގަނެ އެ ދަރިވަރުން ވެސް ޓެސްޓު ކުރާނެ ކަމަށެވެ.

ޓީބީ އަކީ ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހިފައިވާ މީހެއް ކެއްސައި، ކިނބިހި އަޅާއިރު ވައިގެ ޒަރިއްޔާ އިން އެ ބަލި ފެތުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް