މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މާފުށި ދާއިރާގެ މެންބަރު ރިޒާ ޖޭއެސްްސީގެ މެންބަރު ކަމުގެ ހުވާ ކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

އަބްދުއްރަހީމް އާއި ރިޒާ ޖޭއެސްސީއަށް އައްޔަނުކޮށްފި

އަބްދުއްރަހީމް ޖޭއެސްސީއަށް އައްޔަނު ކުރީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން؛ ރިިޒާ އަކީ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަނު ކުރަން ފާސްކުރި މެންބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން 20 ވަނަ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މެންބަރުގެ ގޮތުގައި އައްޔަނު ކުރަން އިއްޔެ މަޖިލީހުން ފާސްކުރި މާފުށި ދާއިރާގެ މެންބަރު ހުސެން ރިޒާ ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ތަފްސީލް - ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންތައް ކުރާ މުއައްސަސާ އެވެ.

އަބްދުއްރަހީމް އާއި ރިޒާގެ އިތުރުން މިހާރު ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ:

  • ކޮމިޝަންގެ ނައިބު ރައީސް، މުހައްމަދު ނިޔާޒު - ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • އަލީ ޝަރީފް - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • މުހައްމަދު ނާސިހު -  ސިވިލް ސާވިސް ކޮމިޝަންގެ ރައީސް

  • އަހްމަދު އުޝާމް - ބަންޑާރަނައިބު

  • މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު

  • އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް