އީޔޫގެ އިސްއޮފިޝަލުންނާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މިނިސްޓްރީ)

ރާއްޖެ-އީޔޫ

އީޔޫއިން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ ދޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެހީގެ ދަށުން ހިމާޔަތްކޮށްފައިވާ އެކި ސަރަހައްދުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުން ހިމެނޭ

ނޫ އިގްތިސާދަކަށް އެހީތެރިވުމުގެ ގޮތުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ (109 މިލިއަން ރުފިޔާ) ދިނުމަށް އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - "އިމްޕްރޫވްޑް ބަޔޯޑައިވާސިޓީ މެނޭޖްމަންޓް ޓު ސަޕޯޓް އަ ބްލޫ އިކޮނޮމީ އިން ދަ މޯލްޑިވްސް"(އެމްއައިޕީ)ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ފަސް ވަނަ އިޔޫގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - މި އެއްބަސްވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ:

  • އެމްއައިޕީގެ ދަށުން 6.5 މިލިއަން ޔޫރޯގެ މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައި ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެކި ސަރަހައްދުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމުގެ އަމާޒުގައި ބަޔޯޑައިވާސިޓީ ހިމާޔަތްކުރުން

  • ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އާ ބައްދަލުކުރުވާފަ އެވެ.

އެ ބައްދަލުވުމުގައި، ރާއްޖޭގެ އިގްތިސާދަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ފުޅާ ދާއިރާއެއްގައި އީޔޫއިން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާ ކުރެއްވާފަ އެވެ. އެގޮތުން، ނޫ އިގްތިސާދަކަށް އީޔޫއާ އެކު މިއަދު ސޮއި ކުރި 6.5 މިލިއަން ޔޫރޯގެ އެހީގެ އެއްބަސްވުމުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ޒަމީރު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް